ކުވައިތުގެ 6 އަހަރުގެ ކުއްޖެއްގެ ހަށިގަނޑު ފެން ތާންގީއެއްގެ ތެރެއިން ފެނިއްޖެ
ކުވައިތު: ވެރިރަށް ކުވައިތު ސިޓީއާއި 32 ކިލޯ މީޓަރު ދުރުގައި އޮންނަ އަލްޖަހުރާއިން ގެއްލުނު އަންހެން ކުއްޖެއްގެ މަރުވެފައިވާ ހަށިގަނޑު ފެންތާންގީއެއްގެ ތެރެއިން ފެނިއްޖެއެވެ.
ކުވައިތުގެ ފުލުހުންނާއި ހަވާލާދީ އެގައުމުގެ މީޑިއާއިން ބުނެފައި ވަނީ މަވްރާ ކިޔާ އެ ކުއްޖާ ގެއްލިފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށާއި އެ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ އޭގެ އެއް ދުވަސްފަހުން ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރި ޓީމަށް އެކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ކުއްޖާގެ އާއިލާގެ ގެއެއްގެ ފުރާޅު މަތީގައި ހުރި ފެން ތާންގީއަކުން ކަމަށެވެ. އެ މައްސަލައިގެ އިތުރު ތަހްގީގު ކުރިއަށް ދާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
Ads by Allied Insurance