އެޑްވަޓޯރިއަލް ވިޔަފާރި

އުރީދޫން ޑިސެމްބަރު 15 ގައި ހާއްސަ އާންމު ޖަލްސާއެއް ބާއްވަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އުރީދޫން މި އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން / ފޮޓޯ:އުރީދޫ

އުރީދޫ މޯލްޑިވްސްއިން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ އާންމު ޖަލްސާއެއް އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

Ads by Sosun Fihaara

އުރީދޫން ބުނީ "އޮންލައިން" ކޮށް ބާއްވާ ޖަލްސާ އޮންނާނީ ޑިސެމްބަރު މަހުގެ 15 ވާ އާދިއްތަ ދުވަހުގެ ރޭ 8:00 ގައި ކަމަށެވެ.

ޖަލްސާގައި ބާއްވާނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއެސްޑީ) ގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ "ފަހިވޯޓު" މެދުވެރިކޮށް ކަމަށް އުރީދޫން ބުންޏެވެ.

މި ހާއްސަ އާންމު ޖަލްސާގައި ބައިވެރިވެވޭނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ރޭ 8:00 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި، އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" މެދުވެރިކޮށް ރެޖިސްޓަކުރާ ފަރާތްތަކަށް އެކަންޏެވެ.

ޖަލްސާގެ އެޖެންޑާގައި ހިމަނާފައި ވަނީ:

  • އައިޓަމް 1: ކީރިތި ގުރުއާން ކިޔެވުން
  • އައިޓަމް 2: ޗެއާޕާސަން، މިސް ފާތިމާ ސުލްތާން އަލް-ކުވާރީ ވާހަކަ ދެއްކެވުން
  • އައިޓަމް 3: މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު، ހާލިދު ހަސަން އެމް އޭ އަލް-ހަމާދީ ވާހަކަ ދެއްކެވުން
  • އައިޓަމް 4: އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ގެންނަ އިސްލާހުތައް ފާސްކުރުމަށް ހުށަހެޅުން
  • އައިޓަމް 5: އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ހުށަހެޅިފައިވާ އިސްލާހުތަކާ އެކު އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު އެޑޮޕްޓްކުރުން (ހުށަހެޅިފައިވާ އިސްލާހުތައް ހިއްސާދާރުން ފާސްކުރާ ގޮތަށް ހިމަނައިގެން)
  • އައިޓަމް 6: ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާތައް އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑުން އޯޓީއެފް އިންޓަނޭޝަނަލް އެލްއެލްސީއަށް ވިއްކައި ބަދަލުކުރުން
  • އައިޓަމް 7: ހިއްސާދާރުންނާ މަޝްވަރާކުރުން
  • އައިޓަމް 8: ޖަލްސާ ނިންމުން

އެޖެންޑާ އާ ގުޅޭ އިތުރު ތަފުސީލާއި މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ލިބޭނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ރެޖިސްޓަވެފައިވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޖަލްސާގެ އެޖެންޑާ އައިޓަމްތަކަށް ވޯޓުލާއިރު، އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، އެ ފަރާތްތަކަށް ލިބިފައިވާ ކޮންމެ ހިއްސާއަކަށް 1 ވޯޓު ލިބޭނެ އެވެ. އަދި ވޯޓިން ކުރިއަށް ގެންދާނީ އިލެކްޓްރޯނިކް (އީ-ވޯޓިން) ކޮށެވެ.

މި ޖަލްސާގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވާން ބޭނުންވާ ނަމަ "އިންފިނިޓީ" މެދުވެރިކޮށް ރެޖިސްޓަކުރުމަށް (ޕްރީ-ރެޖިސްޓަކުރުމަށް ނުވަތަ ޕްރޮކްސީއެއް އައްޔަންކުރުމަށް އަދި އައްޔަންކޮށްފައިވާ ޕްރޮކްސީ ބާތިލުކުރުމަށް) އުރީދޫން އެދެ އެވެ.

އުރީދޫން ބުނި ގޮތުގައި މި ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭގަނޑު 7:45 އާއި 8:00 އާ ދެމެދު، ލިބިފައިވާ ލޮގިން މައުލޫމާތު ބޭނުންކޮށް، ފަހިވޯޓު ސިސްޓަމަށް ލޮގިންކުރަން ޖެހޭނެ ކަމުގަ އެވެ. ލޮގިންކުރުމަށް ބޭނުންވާ ތަފުސީލު ޖަލްސާގައި ބައިވެރިވުމަށް ރެޖިސްޓަކޮށްފައިވާ ފަރާތްތަކާ އެކު، އެމްއެސްޑީން ޑިސެމްބަރު 15 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން ހިއްސާކުރާނެކަން ވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!