ދުނިޔެ

އޮތް ޙައްލަކީ އިޒްރޭލާއެކު ގުޅުން ބަދަހި ކުރުމެއް ނޫން! އެގޮތަކަށް ޢަމަލެއް ނުކުރާނަން: ޤަތަރު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިޒްރާއީލާއި ފަލަސްތީނާއި ދެމެދުގައި އޮތް މައްސަލަތަކުގެ ޙަައްލަކީ، އިޒްރޭލާއެކު ގުޅުން ބަދަހި ކުރުން ނޫން ކަމަށާއި އެފަދައިން ޢަމަލު ނުކުރާނެ ކަމަށް ޤަތަރު ގެ ސަރުކާރުން ބުނެފިއެވެ.

Ads by Sosun Fihaara

ޤަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލޮލްވާ އަލް-ޚަތޭރް ވިދާޅުވީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް އޮތް ހައްލަކީ އިޒްރޭލާއެކު ގުޅުން ބަދަހި ކުރުން ކަމަށް ޤަތަރު ގެ ސަރުކާރަށް ނުފެންނަ ކަމަށާއި، އެހެންކަމުން އެފަދަ ޢަމަލެއް އެޤައުމުން ނުކުރާނެ ކަމަށެވެ.

"މީގެ މައިގަނޑު މައްސަލައަކީ އިޒްރޭލުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވަމުން އަންނަ ދަތިތަކާއި އަނިޔާތައް. މައިގަނޑު ކަމަކީ ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ގައުމެއް ނެތި، އެހެން ބަޔެއްގެ ބާރުގެ ދަށުގައި އުޅެން ޖެހިފައިވުން" މިދިޔަ އަންގާރަ ދުވަހު ލޮލްވާ ދިން އިންޓަވިއު އެއްގައި ވިދާޅުވިއެވެ.

ލޮލްވާ މިބަޔާން ދީފައިވަނީ އިޒްރޭލާއެކު އެކުވެރި އަރަބި އިމާރާތު (ޔޫއޭއީ) އާއި ބަޙްރޭނުން \ގުޅުން ބަދަހި ކުރުމުގެ ކުރިންނެވެ.

ޢަރަބި އެދެޤައުމުގެ ޢަމަލުތައް ފަލަސްތީނުން ސިފަކޮށްފައި ދިން ވަރަށް ބޮޑު ޚިޔާނާތެއް ކަމަށެވެ. އަދި މިއީ ޔޫއޭއީ އާއި ބަޙްރޭނު ސަރުކާރުން އަމިއްލަ ފައިދާއަށް ކުރި ކަމެއް ކަމުގައި ވެސް ފަލަސްތީނުން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!