ދުނިޔެ

ފޭސްމާސްކް އަޅާނެ ގޮތް އަސްދޫންޏެއް ދަސްކޮށްދީފި!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ދަތްދޮޅީގައި ފޭސް މާސްކް އަޅައިގެން އިން އަންހެނެއްގެ މާސްކް ، އަސް ދޫންޏެއް ނައްޓާލާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވައިރަލް ވެއްޖެއެވެ.

Ads by Sosun Fihaara

ފްރާންސްގައި ހިނގި މިހާދިޘާގައި އަސް ދޫނި އެ މާސްކް ދަތްދޮޅުން ނައްޓާލުމުން ދެން ގޮސް ޖެހެނީ އަނގަޔާއި ނޭފަތް ނިވާވާ ގޮތަށެވެ. ގިނަ ބަޔަކު މިކަން ސިފަ ކޮށްފައިވަނީ އެ އަސްދޫނި ، އެ އަންހެނާއަށް މާސްކް އަޅާނެ ގޮތް ދަސްކޮށްދިނީ ކަމުގައެވެ.

މި ވީޑިއޯ މިހާތަނަށް 25 މިލިއަން މީހުން ބަލާފައިވެއެވެ. އަދި އޭގެ އިތުރުން އެތައް ހާސް ބަޔަކު މި ވީޑިއޯއަށް ކޮމެންޓް ކޮށްފައިވެއެވެ. ވީޑިއޯއަށް ކޮމެންޓް ކުރި ބައެއް މީހުން ބުނެފައިވަނީ އަސްދޫނި ވެސް އިންސާނުންނަށް ވުރެ ބުއްދި ރަނގަޅު ކަމަށެވެ. އަނެއް ބަޔަކު ބުނެފައި ވަނީ އެ އަންހެނާއަށް އަނިޔާ ނުވިކަމީ ނަސީބެއް ކަމަށެވެ.

ފްރާންސަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކޮވިޑް19ގެ ނުރައްކާ އެންމެ ބޮޑު އެއް ގައުމެވެ. މި ވީޑިއޯ ނެގި ދުވަހު އެކަނި އެގައުމުން 10،000 މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ. މިހާތަނަށް 380،000 އަށް ވުރެ ގިނަ މީހުންނަށް އެގައުމުން ކޮވިޑް ޖެހިފައިވާއިރު އެ ބަލީގައި 30 ހާހަށް ވުރެ ގިނަ މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!