ދުނިޔެ

ފަރުވާ ނުދެވި ލަސްވެގެން ބަލިމީހާ މަރުވިއިރު ފުލުހުންނާ ޑޮކްޓަރުން ތިބީ ޒުވާބުކުރަން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފަރުވާ ދިނުމުގައި ފަރުވާ ކުޑަކުރުމުގެ ސަބަބުން އިންޑިއާގައި އެކްސިޑެންޓެއްވި އަންހެނަކު ނިޔާ ވެއްޖެއެވެ.

Ads by Sosun Fihaara

އިންޑިއާގެ 48 އަހަރުގެ މި އަންހެން މީހާ ނިޔާވީ ފަރުވާ ދިނުން ލަސްވެގެންނެވެ. ބަލިމީހާ ސްޓްރެޗާރގައި ބޭއްވުމަށްފަހު ފުލުހުންނާއި ޑޮކްޓަރު ތިބީ ޒުވާބު ކުރާށެވެ. ޒުވާބު ކުރަން ޖެހުނީ އެ ސަރަހައްދުގެ ހޮސްޕިޓަލްގެ ޑޮކްޓަރު މި އަންހެން މީހާއަށް ފަރުވާ ދިނުމަށް ދެކޮޅު ހެދުމުންނެވެ. ފަރުވާ ދިނުމަަށް ދެކޮޅު ހެދީ އެ އަންހެން މީހާ ފޯނާ ކުޅެން އޮތުމުން ކަމުގައި ޑޮކްޓަރު ބުނި ކަމަށް މީޑިއާ އިން ރިޕޯޓް ކުރެއެވެ.

ބޭރުގެ މީޑިއާތަކުން ބުނާ ގޮތުގައި މި ޒުވާބު ގާތްގަނޑަކަށް 20 މިނެޓަށްވުރެ ގިނަ އިރަށް ދެމިގެން ދިޔައެވެ. އަދި ހަމަ އެ ހުރިހާ އިރު ބަލިމީހާ އޮތީ ސްޓްރެޗާރގައި ބާއްވާފައިކަން ވެސް މީޑިއާ ރިޕޯޓް ތަކުގައި ފާޙަގަ ކޮށްފައި ވެއެވެ.

މި އަންހެން މީހާ މަރުވީ "ގޯލްޑެން އަވަރ"ގައި ދޭން ޖެހޭ ފަރުވާ ނުދެވިގެން ނެވެ. "ގޯލްޑެން އަަވަރ" އަކީ ފުރަތަމަ ފަރުވާ ދޭން ޖެހޭ ވަގުތު ކޮޅެވެ. ފަސްޓް އެއިޑް އެމީހާއަށް ލިބެން ޖެހުނު ވަގުތު އެމީހާއަށް އެ ފަރުވާ އެއް ނުލިބުނެވެ.

ގިނަ އިރުތަކެއް ވަންދެން ޒުވާބު ކުރުމަށް ފަހު ޑޮކްޓަރު ބަލިމީހާއަށް ފަރުވާ ދޭން ފެށި ކަމަށާއި ނަމަވެސް އިރުކޮޅެއް ނުވެ އެ މީހާ ދުނިޔެ ދޫކޮށްފައިވާ ކަމަށް ބޭރުގެ މީޑިއާތައް ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!