ޚަބަރު އިޖުތިމާޢީ

ވިލުންތެރި މައުރަޒުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ 

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ވިލުންތެރި މައުރަޒުގައި އުރީދޫގެ ސްޓޭންޑެއް ނައިބް ރައީސް ބައްލަވާލައްވަނީ/ ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެރި ސުނާމީ އަށް 20 އަހަރު ފާހަގަކުރުމަށް ބާއްވާ "ވިލުންތެރި 20 ރެޒިލިއަންޓް 20" މައުރަޒުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ބައިވެރިވެއްޖެ އެވެ.

Ads by STELCO

އުރީދޫއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ އިތުރުން ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ޑިޒާސްޓާ ރިސްކް ރިޑަކްޝަން (ޔޫއެންޑީއާރްއާރް) ކަމަށެވެ.

އުރީދޫން ބުނީ މި މައުރަޒު ނޭޝަނަލް އާޓް ގެލެރީގައި މާދަމާއާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ.

އެ މައުރަޒަކީ ސުނާމީ ކާރިސާގައި ރާއްޖެ އަށް ލިބުނު ހިތްދަތިކަމާއި، ސަލާމަތްވި މީހުންގެ ކެތްތެރިކަމާއި، މުޅި ގައުމަށް ގެނުވި އެއްބައިވަންތަކަމާއި ދިވެހިންގެ ހިތްވަރު އަލާކޮށްދޭ މައުރަޒެއް ކަމަށް އުރީދޫން ބުންޏެވެ. އަދި އެފަދަ ކާރިސާތަކަށް ތައްޔާރުވުމުގެ މުހިންމުކަމާއި އިތުރަށް ވިލުންތެރި މުސްތަގުބަލެއް ބިނާކުރުމުގެ މުހިންމުކަން ހަދާންކޮށްދޭ މައުރަޒެއް ކަމަށްވެސް އުރީދޫން ފާހަގަކުރެ އެވެ.

މި މައުރަޒުގައި ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫން ބައިވެރިފައިވަނީ އެ ކުންފުންޏަކީ ރާއްޖެއަށް ދިމާވާ މިފަދަ ކާރިސާތަކުގައި އެންމެ ކުރީސަފުގައި ނިކުންނަ އެއް ކުންފުނީގެ ހައިސިއްޔަތުންނެވެ.

މިހާތަނަށް ދިމާވި ކާރިސާތަކުގައި އިޖާބަދިނުމާއި ދުރާލާ ތައްޔާރުވުމުގައި ނަމޫނާ ދައްކުވައިދީ، ގައުމަށް ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި މުހިންމު ދައުރެއް އުރީދޫ އިން ވަނީ އަދާކޮށްފަ އެވެ. އަދި އުރީދޫއިން އަޅާ އަވަސް ފިޔަވަޅުތަކާއި ސްޓްރެޓީޖިކް ޕާޓްނާޝިޕްތަކުގެ ސަބަބުން ގައުމުގެ ވިލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި މުހިންމު ބައިވެރިއެއްގެ ގޮތުގައިވެސް އެ ކުންފުނި ފާހަގަކުރެވެ އެވެ.

ރާއްޖެއަށް ދިމާވި ކާރިސާތަކުގައި އުރީދޫއިން ވެދީފައިވާ އެހީތެރިކަން:

  • 2014 ވަނަ އަހަރު މާލޭގައި ކުރިމަތިވި ފެނުގެ ހާދިސާގައި އުރީދޫން ވަނީ އަވަސް އިޖާބައެއްދީ، ކުއްލި ނުރައްކަލުގެ ހާލަތުގައި ބޭނުންވާ ޓެލެކޮމިއުނިކޭޝަންގެ އެހީތެރިކަމާއި، ހިލޭ އެސްއެމްއެސް އެލާޓްތަކާއި، އިންޓަނެޓް ހިދުމަތްތައް ފޯރުކޮށްދީފަ.
  • ކޮވިޑް-19 ޕެންޑެމިކާއި ގުޅިގެން ކުންފުނިން އެޅި އަވަސް ފިޔަވަޅުތަކާއި ފޯރުކޮށްދިން އެހީތެރިކަމުން އިތުރަށް ހާމަވެގެންދިޔައީ ކުންފުނީގެ ވިލުންތެރިކަމާއި ދިވެހި މުޖުތަމުތަކުގެ ސަލާމަތާއި ލާބައަށް ދޭ އަހައްމިޔަތުކަން.
  • ކޮވިޑް 19 ގެ ޕެންޑަމިކްގައި 48 ގަޑިއިރުގެ ތެރޭގައި، އުރީދޫގެ މުވައްޒަފުންގެ 85 އިންސައްތަ ގޭގައި ތިބެގެން މަސައްކަތްކުރުމަށް ބަދަލުކޮށް، މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކޮށް ކަސްޓަމަރުންނަށް މެދުނުކެނޑި ހިދުމަތް ކަށަވަރުކޮށްދިން.
  • ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދިޔަ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިން.
  • އުރީދޫއިން އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވާދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިން.
  • އުރީދޫން ވަނީ ގައުމުގެ ސިއްހީ ހިދުމަތުގެ ވަސީލަތްތައް ހަރުދަނާކުރުމަށް ވެސް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދީފަ.
  • ކުންފުނިން ވަނީ އެއާ އެމްބިއުލަންސް އިކުއިޕްމަންޓަށް 16 މިލިއަން ރުފިޔާ އިންވެސްޓްކޮށް، އަދި ދިވެހި ސަރުކާރަށް ތިން ސީ އެމްބިއުލަންސް ހަދިޔާކޮށްފައި

ވިލުންތެރި ރާއްޖެއަށް ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި މުއައްސަސާތަކާއެކު ބައިވެރިވެ ކުރިއަށް އޮތްތަނުގައިވެސް އުރީދޫ ދެމި އޮންނާނެކަމުގެ ޔަގީންކަން އެ ކުންފުނިން ދިނެވެ.

އަދި ކާރިސާތަކަށް ތައްޔާރުވެ ހޭލުންތެރިކުރުމާއި، މުހިންމު ސްޓޭކްހޯލްޑަރުންނާ އެކު ޕާޓްނާވެ، ޑިޒާސްޓާ އެލާޓްތަކާއި ކުއްލި މުއާމަލާތްތަކަށް ޓެކްނޮލޮޖީގެ ހައްލުތައް ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންވެސް އެ ކުންފުނިންދެ އެވެ.

މައުރަޒަކީ ކެތްތެރިކަމާއި ތައްޔާރީގެ މުހިންމުކަން ހަނދާންކޮށްދޭ މައުރަޒެކެވެ. އުރީދޫ އިން ބުނީ އެ މައުރަޒުގައި ބައިވެރިވުމަކީ ކުންފުނިން އިޖުތިމާއީ ޒިންމާއަށް ދޭ އަހައްމިއްޔަތުކަމުގެ ހެއްކެއް ކަމަށެވެ.

Ads by Ooredoo