ޗައިނާގެ ހެކަރުން އަނެއްކާވެސް ޓެލެކޮމްގެ ކުންފުންޏެއް ހެކްކޮށްފި
ޗައިނާއިން ކުރިއަށް ގެންދާ ހެކްކުރުމުގެ ހަރަކާތުގެ ތެރެއިން ހެކަރުން އަނެއްކާވެސް ޓެލެކޮމް ކުންފުންޏެއް ހެކްކޮށްފި އެވެ.
ބެއިޖިންގް ބުލެޓިން އިން ނެރުނު ރިޕޯޓެއްގައި ބުނީ މިހާތަނަށް ހެކް ކުރެވުނު ޓެލެކޮމް ކުންފުނިތަކުގެ އަދަދު 9 އަށް އަރާފައިވާ ކަމަށެވެ.
ނަމަވެސް އެންމެ ފަހުން ހެކް ކުރެވުނު ކުންފުނީގެ ނަން އަދި ވަކި ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ސައިބާ ސެކިއުރިޓީ ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި މި ހަމަލާތައް އަމާޒުކުރެވެނީ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކަށް ކަށް ކަމަށެވެ. އަދި މި ކުންފުނިތަކުގައި ގިނަ އަދަދެއްގެ މުހިންމު މައުލޫމާތުތައް ހުންނާނެ ކަމާއި އެކަމާ ކަންބޮޑުވާން ޖެހޭނެކަމަށްވެސް އެ ސެކިއުރިޓީ އިން ބުންޏެވެ.
މީގެ އިތުރުން ސައިބާ ސެކިއުރިޓީން ބުނީ މި ހަމަލާތަކުގެ ފަހަތުގައި ވަނީ ޗައިނާގެ ސަރުކާރާ ގުޅުން ހުރި ހެކަރުންގެ ގްރޭޕެއްކަމަށް ބެލެވޭ ކަމަށެވެ.
މި ހަމަލާތަކުގެ މައިގަނޑު މަގްސަދަކީ އިންޓެލިޖެންސް އެއްކުރުމާއި، އިގްތިސޯދީ ޖާސޫސީ ކުރުން ކަމަށް ސައިބާ ސެކިއުރިޓީގެ މާހިރުން ލަފާކޮށްފި އެވެ. އަދި މިފަދަ ހަމަލާތަކުން ރައްކާތެރިވުމަށް ކުންފުނިތަކުން އިތުރު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އެ ފަރާތުން ލަފާދެ އެވެ.
ނަމަވެސް ޗައިނާ ސަރުކާރުން ދަނީ މި ކަމާ ދެކޮޅު ހަދަމުންނެވެ.