ޚަބަރު

ޝަހީމްގެ ގުރްއާން ޗެލެންޖު މުއިއްޒު ވެސް ފުރިހަމަ ކުރައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފެއްޓެވި ޤުރުއާން ކިޔެވުމުގެ ޗެލެންޖް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ފުރިހަމަ ކުރައްވައިފިއެވެ.

Ads by MWSC

ޝަހީމްގެ މި ޗެޖެންޖު ފުރިހަމަ ކުރައްވާ މުއިއްޒު ވަނީ އޭނާގެ ގުރްއާން ކިޔެވުމުގެ ހުނަރު އެންމެނަށް ދައްކާލައްވާފައެވެ. ޗެލެންޖު ފުރިހަމަ ކުރެއްވުމަށް ފަހު މުއިއްޒު ވަނީ ނައިފާރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން މިހާރުގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މި ޗެލެންޖަށް ނޮމިނޭޓް ކުރައްވާފައެވެ.

ޝަހީމް މިދިޔަ ހޯމަ ދުވަހު ޓްވީޓެއްގައި ވަނީ މުޅި ގުރްއާން ކިޔަވައި ނިންމުމުގެ ޗެލެންޖް ފުރިހަމަ ކުރުމަށް އާންމުންނަށް ގޮވާލާފައެވެ.

"އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އެންމެން ވެގެން ޚަތިމްކުރުން ފެށުނީއެވެ. މީގައި ބޮޑެތި މީހުންނާއި ކުޑަކުދިންނަށްބައިވެރިވެވޭނެއެވެ. ޓުވިޓަރ، އެފްބީ، އިންސްޓްގްރާމް މެދުވެރިކޮށް ކުރިއަށްގެންދެވޭނެ. އަޅުގަނޑު ފަށައިފިން." ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ފެއްޓެވި ޤުރުއާން ކިޔެވުމުގެ ޗެލެންޖަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. އެކި އުމުރުފުރާ ތަކުގެ ވަރަށް ގިނަ ދިވެހިން މި ޕްރޮގްރާމްގައި ބައިވެރިވެ ޤުރުއާން ކިޔަވާފައިވާއިރު މަޝްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކްގެ އިތުރުން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވާ ގިނަ ބޭފުޅުން ވެސް ވަނީ ޝަހީމްގެ މި ޕްރޮގްރާމްގައި ޤުރުއާން ކިޔަވާ ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!