ޚަބަރު

ޑެންގީ ފެތުރޭ މޫސުންކަމުން އެ ބަލި ފެތުރުނަ ނުދޭން ގައުމީ މަސައްކަތެއް ކުރުމަށް މުއިއްޒު ގޮވާލައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

މިއީ ޑެންގޫ ފެތުރޭ މުސުންކަމުން އެ ބަލި ފެތުރުނަ ނުދޭން ގައުމީ މަސައްކަތެއް ކުރުމަށް ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

Ads by Sosun Fihaara

ކޮންމެ އަހަރެއްގެ ޖޫން މަހާއި ޖުލައި މަހަކީ އާންމުކޮށް ރާއްޖޭގައި ޑެންގޫ ހުން ފެތުރޭ މޫސުމެވެ. މި އަހަރުގެ އެދުވަސްވަރާ ދިމާވާއިރު މުޅި ދުނިޔެއަށް ވަނީ ކޮވިޑް-19 އިގެ ނުރައްކާ ކުރިމަތިވެ އެ ބަލި ރާއްޖެއަށްވެސް ކުރިމަތިވެފަ އެވެ.

މިކަމާ ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކޮންމެ އަހަރަކު ވެސް ޖޫން ޖުލައިއަކީ ޑެންގޫ ހުމުގެ ދުވަސްވަރަކަށްވާ ކަމަށާއި ކޮވިޑް-19 އިން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅު ދެ ބަލި އެއްފަހަރާ ފެތުރުނަ ނުދިނުމަށް މަސައްކަތްތައް ދުރާލާ ކުރަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މަދިރި އުފެދޭ ތަންތަން މަދުކުރުމަށް ގައުމީ މަސައްކަތްތަކެއް ވެސް ދުރާލާ ކުރަން ޖެހޭނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ޑެންގީ ހުން ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލޭގެ އެކި ހިސާބުތަކުގެ ކާނުތައް ސާފްކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްދާ ކަމަށާއި މިދިޔަ ހަފުތާއިން ފެށިގެން ކޮންމެ ހަފުތާއަކު ވަކި ދުވަސްތަކުގައި މާލެ އާއި ވިލިމާލެ ތެރެއަށް ފޮގް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!