އެޑްވަޓޯރިއަލް ވިޔަފާރި

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫގެ ލަކީ ޑްރޯއިން ދެ މީހަކަށް ކޮލަމްބޯ ދެކޮޅު ޓިކެޓު

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސްގެ ލަކީ ޑްރޯގެ ހާއްސަ އިނާމެއްގެ ގޮތުގައި ފިޓްސް އެއާގެ ފަރާތުން ދެ މީހަކަށް ކޮލަމްބޯ ދެކޮޅު ޓިކެޓު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Ads by STELCO

އުރީދޫން ބުނީ މުބާރާތާ ގުޅިގެން އެ ކުންފުނީގެ ފަރާތުން ވަރަށް ހާއްސަ އޮފާއެއް ކުރިއަށްދާ ކަމަށެވެ.

ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށް ގެންދާ ދުވަސް ދުވަހު ރެހެންދި ޓާފު، ހުޅުމާލޭގައި ބެހެއްޓިފައިހުރި އެ ކުންފުނީގެ ޓެންޓުން އުރީދޫގެ ސާވިސްއެއް ނަގައިގެން ކޮންމެ ހަފުތާއަކު އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ޕްރޮމޯޝަނުގެ ތެރެއިން ލިބެ އެވެ.

ލަކީ ޑްރޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ޓެންޓުތަކުން އުރީދޫގެ ޕްރީޕެއިޑްއެއް، ޕޯސްޓްޕެއިޑްއެއް، ސުޕަނެޓް ހިދުމަތް ނުވަތަ 5ޖީ ޑިވައިސްއެއް ނަގައިގެން ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ މި ހިދުމަތްތައް ހޯދައިގެން ކޮންމެ ހަފްތާއަކު އަގުހުރި އެތައް އިނާމެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޓީވީ، ފްރިޖް، ސޯފާ، މައިކްރޯވޭވް ފަދަ ބޭނުންތެރި އިނާމުތައްކަން ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން ލަކީ ޑްރޯގެ ހާއްސަ އިނާމެއްގެ ގޮތުގައި ފިޓްސް އެއާގެ ފަރާތުން ދެ މީހަކަށް ކޮލަމްބޯ ދެކޮޅު ޓިކެޓު ހޯދުމުގެ ފުރުސަތު އޮތް ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫން ބުނީ ޕްރޮމޯޝަން ކުރިއަށްދާނީ ފެބުރުއަރީ މަހު 25 ވަނަ ދުވަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާ ހަމައަށް ކަމަށެވެ. އަދި މެޗުތައް ކުރިއަށްދާ ކޮންމެ ދުވަހަކު ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އެ ކުންފުނީގެ ޓެންޓުގައި އުރީދޫ ޓީމުން ކަސްޓްމަރުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

  1. މިރުޟާން

    ދެން ލަކީޑޮރޯގައި ބައެވެރިވާން މާލެދާން މިޖެހުނީ