ދުނިޔެ

މާސްޓަރ ޑިގްރީ ހަދައިގެންވެސް ކާރު ސާފު ކުރުން ފަދަ ވަޒީފާތަކުގައި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ހަމަގައިމުވެސް ކޮވިޑް-19 ދުނިޔެ މުޅިން ބަދަލު ކޮށްލައިފިއެވެ. ވަޒީފާތައް ގެއްލި ގިނަ ބަޔަކު މަގުމަތި ވެއްޖެއެވެ. ކުރިން ދިރިއުޅެމުން އައި ވައްޓަފާޅި މުޅިން ބަދަލު ކޮށްލައިފިއެވެ. އަވައްޓެރި އިންޑިޔާގައި މި ހާލަތު އޮތީ އަދިވެސް ވަރަށް ގޯސްކޮށެވެ. އެތަކެއް ބައެއްގެ ވަޒީފާ ގެއްލި، މަގުމަތި ވެއްޖެއެވެ. މީގެ ތެރޭގައި ތަޢުލީމީ ގޮތުން ޑިގްރީ ހަދައިގެން ތިބި ފަރާތްތައް ވެސް ހިމެނެއެވެ.

Ads by WAMCO

އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިޔާ ޓުޑޭއިން މިވަނީ މިފަދަ ފަރާތްތަކުގެ ވާހަކަ ގެނެސްދެން ފަށާފައެވެ. މިގޮތުން ކޮވިޑްގެ ސަބަބުން ވަޒީފާ ގެއްލުނު އެކަކީ އުމުރުން 27 އަހަރުގެ ސަރަސްވަތީއެވެ. އެކައުންޓިންގ ދާއިރާއިން މާސްޓަރ ޑިގްރީއެއް ހާސިލްކޮށްފައިވާ ސަރަސްވަތީ މިހާރު މަސައްކަތް ކުރަނީ ކާރު ސާފު ކުރާ ކުންފުންޏެއްގައި މަސައްކަތުގެ މީހެއްގެ ވަޒީފާއެވެ.

ސަރަސްވަތީގެ ވަޒީފާ ގެއްލިފައިވަނީ ކޮވިޑްގެ ސަބަބުން އޭނާ މަސައްކަތް ކުރަމުން އައި ކުންފުނި ބަގްރޫޓްވެ، ހުއްޓާލަން ޖެހުމާއި ގުޅިގެންނެވެ،

އިންޑިއާ ޑުޓޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަރަސްވަތީ ކަހަލަ އެތަކެއް ޒުވާނުންނެއް މިއަދު މަގުމަތިވެފައި އެބަތިއްބެވެ. މިފަރާތްތަކަށް މިހާލަތުގައި ވަޒީފާއެއް ހޯދުމަކީ ނާދިރު ކަމަކަށް ވެފައިވާއިރު، ސަރުކާރުން މިފަރާތްތަކާމެދު އަޅާނުލާކަން ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާގެ ޕަންޖާބްގައި އެކަނިވެސް 10 ލައްކައަށްވުރެ ގިނަ މީހުންގެ ވަޒީފާ ކޮވިޑްގެ ސަބަބުން ވަނީ ގެއްލިފައެވެ. މިފަރާތްތަަށް ދިރިއުޅެމުންދަނީ ނުހަނު ދަތި ހާލުގައެވެ.

އިންޑިއާގައި މިހާތަނަށް 5,305,475 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، މިއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު،ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް ޖެހިފައިވާ ޤައުމެވެ. އަދި ކޮވިޑްގެ ސަބަބުން އިންޑިއާގެ ގިނަ ބައެއްގެ ވަޒީފާ ގެއްލިވަނީ މަގުމަތިވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!