ދުނިޔެ ސިއްޙަތު

ޗައިނާގައި ގައިގަޔަށް ވަރަށް އަވަހަށް އަރާ ބެކްޓީރިއަލް އައުޓްބްރޭކެއް، އެތައްހާސް ބަޔަކަށް ބަލި ޖެހިއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޗައިނާގައި، ގައިން ގަޔަށް އަރާ ނުރައްކާތެރި ބެކްޓީރިއަލް އިންފެކްޝަން އެއް ފެތުރެން ފަށައިފިއެވެ. މިހާތަނަށް 4 ހާހާ ގާތް ކުރާ އަދަދެއްގެ މީހުނަށް ވަނީ މި ބަލި ޖެހިފައެވެ.

Ads by Hajj Corporation
Ads by Sosun Fihaara

ރިޕޯޓުތައް ބުނާ ގޮތުގައި މި ބެކްޓީރިއަލް އިންފެކްޝަންއަކީ ޗައިނާ ސަރުކާރުން ހިންގަމުން އަންނަ ޖަނަވާރުންނަށް ވެކްސިން އުފައްދަމުން އައި ބައޯފާމަސޫޓިކަލް ޕްލާންޓަކުން ލީކުވެފައިވާ ބެކްޓީރިއާއެކެވެ.

ޗައިނާގެ ހުޅަނގު އިތުރު ސްޓޭޓެއް ކަމަށްވާ ލަންޒޯ ގައި ހުންނަ މި ފާމް އިން ބޭރުވެފައިވާ ބެކްޓީރިއާގެ އަސަރު ވަނީ އެ ސްޓޭޓުގެ 22000 މީހުނަށް ކޮށްފައިވާ ކަމަށް ވަނީ ލަފާކޮށްފައެވެ. 2.9 މިލިއަން މީހުން ދިރިއުޅޭ މި ސްޓޭޓުން މިހާތަނަށް 3245 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އަދި އިތުރު ސާދަ ސަތޭކަ އަށްވުރެ ގިނަ މީހުން ޓެސްޓުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމަށް ރިޕޯޓުކުރެވިފައެއް ނުވެއެވެ.

ބްރުސެލޯސިސް ގެ ނަމުން ނަން ދެވިފައިވާ މި ބައްޔަކީ ޖަނަވާރުންނާ މާ ބޮޑަށް ގައިގޯޅިވުމުން ޖެހޭ ބައްޔެކެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހުޅުހުޅުގައި ރިއްސުން އަދި ބޮލުގައި ރިއްސުން ހިމެނެއެވެ. މީގެ އިތުރުން ވެސް މި ބައްޔާ ފިރިހެނުންނަށް ދަރިން ލިބުމުގެ މައްސަލަތަކާއި ވެސް ގުޅުންތަކެއް ހުންނަ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

މިއީ ފުރާނައަށް ނުރައްކާތެރި ވާފަދަ ނުރައްކާތެރި ބައްޔެކެވެ. އަދި ބަލީގެ ބައެއް އަލާމާތްތައް އުމުރު ދުވަހަށް ދެމިގެންދާ ކަމަށްވެސް ބައެއް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!