މޮނިއުމަންޓްތަކުގެ ބަދަލުގައި ރައުންޑް އެބައުޓްތަކުގައި މާބަގީޗާ ހައްދަނީ

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުންނަ ރައުންޑްއެބައުޓްތަކުގައި މޮނިއުމަންޓްތައް ބެހެއްޓުމުގެ ބަދަލުގައި މާބަގީޗާ އެ ތަންތަނުގައި ހައްދަން ނިންމައިފި އެވެ.
އެއް ލައްކަ ރުފިޔާ ލިބޭ މުބާރާތަަކާއެކު ރައުންޑްއެބައުޓްތަކުގައި ބަހައްޓަން ނިންމި މޮނިއުމަންޓްތައް ޑިޒައިންކުރުމުގެ މުބަރާތެއް މިދިޔަ ސެޕްޓެމްބަރު މަހު އެޗްޑީސީން ހުޅުވާވެސްލި އެވެ.
ނަމަވެސް އެއްވަނަ ހޮވުނުމޮނިއުމަންޓް ޑިޒައިން އަކީ އޭއައި ޑިޒައިންއެއް ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޑިޒައިން ރިވިއުކުރުމުގެ މަސައްކަތް އެޗްޑީސީން ދިޔައީ ކުރަމުންނެވެ.
އޭގެ ފަހުން މިއަދު އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު(ސީީއީއޯ) އަހުމަދު އިބްރާހިމް އެކްސްގައި ވިދާޅުވީ އާންމުންގެ ފާޑުކިއުންތަކާ ގުޅިގެން މޮނިއުމަންޓްތައް ބަހައްޓަން ނިންމި ނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ.
އަދި އަޖުމަ ބެލުމުގެ ގޮތުން ފުރަތަމަ ފަހަރަށް ރައުންޑްއެބައުޓެއްގައި މާބަގީޗާ ހައްދާފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.
"ގަސްތައް ރަނގަޅަށް ހެދިލައި މާތައް ފޮޅުނީމަ އަދި މި ތަން މާރީތިވެފައި ހިތްގައިމުވާނެ" ސީއޯއޯ ވިދާޅުވި އެވެ.
އެޗްޑީސީން ޕްލޭންކޮށްފައި ވަނީ 11 ރައުންޑް އެބައުޓްސްގައި މޮނިއުމަންޓް ބަހައްޓާށެވެ. އެެއީ ހުޅުމާލޭގެ ފޭސް އެކެއްގައި ހުންނަ ހަތަރު ރައުންޑްއެބައުޓްސްގައާއި ފޭސް ދޭއްގައި ހުންނަ 8 ތަނުގަ އެވެ.