ލައިފްސްޓައިލް

ފާޑުކިޔުން އަމާޒުވުމަކީ ދިރިއުޅުމުގެ ބައެއް، އެކަމާއެކު އުޅެން ދަސްކުރޭ: މެންކް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ފާޑުކިޔުންތަކާއެކު ދިރިއުޅެން ދަސްކުރުމަށް ޒިމްބާބުވޭގެ މުފްތީއިސްމާއީލް އިބުނު މޫސާ މެންކު ގޮވާލައްވައިފިއެވެ.

މީސްމީޑިއާ މެދުވެރިކޮށް ކޮންމެ ދުވަހަކު އެތައް ފިލާވަޅުތަކަކާއި ދީނީ އިރުޝާދުތަކެއް ދެއްވާ މުފްތީ މެންކު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާޑުކިޔުން އަމާޒުވުމަކީ ދިރިއުޅުމުގެ ބައެއް ކަމަށާއި މި ޒަމާނުގައި ދިރިއުޅުމުގެ ކޮންމެ ކަމަކުން ވެސް އަދި ކޮންމެ ތަނަކުން ވެސް ފާޑު ކިޔުމާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި އެކަމަކީ ކުރިއަށް ދިޔުމަށް އެޅޭ ފިޔަވަޅެއް ކަމަށް ބަލައިގަތުމަށާއި އެކަމާއި މާޔޫސްވެ ފިކުރު ބޮޑު ނުވުމަށް މެންކު ނަސޭހަތްތެރިވިއެވެ.

“އެއީ ބިނާ ކުރުވަނިވި ފާޑު ކިޔުމެއްނަމަ ، އެއީ އިސްލާހުވުމުގެ ފުރުސަތެއް ކަމުގައި ދެކޭ! އަދި އެއީ ފަނާ ކުރުވަނިވި ފާޑު ކިޔުމެއްނަމަ އެކަމާ އަޅާނުލާ! (އެކަން) މާޒީވެ ދިޔަދީ!” މެންކު ވިދާޅުވެފައިވެއެވެ.

މުފްތީ މެންކަކީ ދީނީ ދައުވަތު ފެތުރެއްވުމުގައި ވަރަށް ހަރަކާތްތެރި ބޭކަލެކެވެ. މުސްލިމުންނާއި ޣައިރު މުސްލިމުން ހިމެނޭގޮތަށް އެތައް މިލިއަން މީހުން މީސް މީޑިއާގައި މެންކު ފޮލޯ ކުރެއެވެ. އުމުރުން 45 އަހަރުގެ މެންކަކީ އެންމެ ނުފޫޒުގަދަ މުސްލިމުންގެ ލިސްޓްގެ ކުރީގައި ވެސް ހިމެނޭ ބޭފުޅެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!