ކުޅިވަރު

ސާޑިއޯ މާނޭގެ ދެގޯލާއެކު ލިވަރޕޫލުން ޗެލްސީގެ މައްޗަށް ކުރިހޯދައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޕްރިމިއަރ ލީގުގައި ރޭ ޗެލްސީ އާއި ލިވަރޕޫލް ބައްދަލު ކުރި މެޗުގައި ސާޑިއޯ މާނޭގެ ދެގޯލާއެކު ލިވަރޕޫލުން ޗެލްސީގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައިފިއެެވެ.

Ads by Sosun Fihaara

މި މެޗުގައި ދެޓީމަށް ވެސް ގޯލް ޖަހާނެ ގިނަ ފުރުސަތު ތަކެއް ވަނީ ލިބިފައެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި ލިވަރޕޫލްގެ ސަލާހް މުޅިން ހުސްކޮށް ނަގައިދިން ހުރަހެއް ފިރްމީނޯއަށް ލިބުމުގެ ކުރިން ޗެލްސީގެ ޑިފެންޑަރުން ވަނީ ބޭރު ކޮށްލާފައެވެ.

އަދި ހަމަ އެހެންމެ މެޗުގެ 32 ވަނަ މިނެޓުގައި ޗެލްސީގެ ޓިމޯ ވާނާއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ.ނަމަވެސް އޭރިއާގެ ބޭރުން ފޮނުވާލި ބޯޅަ ، ދަނޑި ކައިރިން ދިޔައީ ބޭރަަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން އެންމެ ދެމިނެޓަށް ވެފައި ވަނިކޮށް ސާޑިއޯ މާނޭއަށް ވަނީ ގޯލް ޖަހާނެ ހުސް ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭގެ ކުރިން ޗެލްސީގެ ކްރިސްޓެންސަން ވަނީ މާނޭއަށް ފައުލްކޮށް ވައްޓާލާފައެވެ. އަދި ރެފްރީ ވަނީ ކްރިސްޓެންސަން އަށް ރަތް ކާޑު ދައްކާފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެޓީމުންކުރެ އެއްޓީމަކަށް ވެސް ގޯލެއް ނުޖެހިއެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ ލިވަރޕޫލްގެ ސާޑިއޯ މާނޭ ވަނީ ގޯލެއް ކާމިޔާބު ކޮށްފައެވެ. ފިރްމީނޯ ނަގައިދިން ހުރަހަކުން މާނޭ މި ގޯލް ކާމިޔާބު ކުރީ ބޮލުންނެވެ.

މެޗުގެ ދެވަނަ ގޯލަކީ ޗެލްސީގެ ކީޕަރު ކެޕާއަށް ހެދުނު ގޯހެއްގެ ސަބަބުން ވަތް ގޯލެކެވެ. އެގޯލަކީ ކެޕާގެ ފަރާތުން މާނޭއަށް ދިން "ހަދިޔާ" އެކެވެ. ޗެލްސީގެ ޑިފެންޑަރަކަށް ޖައްސާލަން ކެޕާ އުޅުނު ބޯޅަ ޖައްސާ ލެވުނީ މާނޭގެ ފަޔަށެވެ. މާނޭ ވަނީ ފަސޭހަ ކަމާއެކު ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފައެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޗެލްސީގެ ކްރިސްޓެންސަންއަށް ދެއްކި ރަތްކާޑާއެކު އެޓީމުން  10 ކުޅުންތެރިންނާއެކު ދެވަަނަ ހާފަށް ނުކުތް ނަމަވެސް ވެސް ގިނަ ހަމަލާތަކެއް ވަނީ ލިވަޕޫލްގެ ގޯލަށް ވެސް ވަނީ އަމާޒު ކޮށްފައެވެ. ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ވާދަވެރި ކުޅުމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!