ލިވަރޕޫލުން އިސްލާމިކް ރިލީފާ ގުޅިގެން އެހީގެ ތަކެތި ބަހައިފި
އިންސާނީ އެހީ ފޯރުކޮށްދޭ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއް ކަމަށްވާ އިސްލާމިކް ރިލީފާއި ގުޅިގެން ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ ޗެރިޓީ ޖަމްއިއްޔާ، ލިވަޕޫލް ފުޓްބޯޅަ ކުލަބް ފައުންޑޭޝަނުން އެހީގެ ތަކެތި ބަހައިފިއެވެ.
މި ދެ ޖަމްއިއްޔާ ގުޅިގެން ހިންގި މި ޙަރަކާތުގައި ލިވަޕޫލް، ލަންޑަން އަދި ބާމިންހަމްގައި ދިރިއުޅޭ ނިކަމެތީންނަށް އެހީގެ ތަކެތި ބަހައިފައިވެއެވެ. އެހީގެ ގޮތުގައި ބަހައިފައި ވަނީ ކާބޯތަކެއްޗާއި ސާފުތާހިރުވުމަށް ބޭނުންކުރާ ތަކެއްޗެވެ . ލިވަޕޫލް ފައުންޑޭޝަނުން ވަނީ މިތަކެތި ހިމެނޭ 1000 ޕާރުސަލް ސްޕޮންސަރ ކޮށްފައެވެ.
މި ހަރަކާތާ ގުޅިގެން މީޑިއާއާ ވާހަކަ ދެއްކި ލިވަޕޫލް ފައުންޑޭޝަންގެ އޮފިޝަލް ކެޓީ އެލީސް ބޭރުގެ މީޑިއާތަކާ ވާހަކަ ދައްކަމުން ބުނެފައި ވަނީ އިސްލާމިކް ރިލީފާއި ގުޅިގެން ހިންގި މި ހަރަކާތުގެ ސަބަބުން މުސްލިމް މުޖުތަމަޢުއާ އެ ފައުންޑޭޝަންއާ ދެމެދު އޮންނަ ގުޅުން އިތުރަށް ރަނގަޅުވާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި މި އެހީގެ ސަބަބުން ނިކަމެތީންގެ ޙާލަތަށް ކޮންމެވެސް ބަދަލެއް އަންނާނޭ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
އިސްލާމިކް ރިލީފްގެ އޮފިޝަލް ތުފައިލް ޙުސައިން ބުނެފައި ވަނީ ލިވަޕޫލް ފައުންޑޭޝަން ފަދަ ޗެރިޓީ ޖަމްއިއްޔާތަކާއި ނިކަމެތީންނާއި ގުޅުވައިދިނުމަކީ އިސްލާމިކް ރިލީފަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އިސްލާމިކް ރިލީފް ފައުންޑޭޝަނަކީ 1984 ވަނަ އަހަރު ޔޫކޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމްއިއްޔާއެކެވެ. މި ޖަމްއިއްޔާގެ ހަރަކާތްތައް 45 ގައުމެއްގައި މިހާރު ކުރިއަށްދެއެވެ. އެއާއެކު އަހަރަކު 10 މިލިއަން މީހުންނަށް އެ ޖަމްއިއްޔާގެ އެހީ ފޯރައެވެ.
ماءء