އީޒެޕް އެޕުން ބޮލީވުޑް ރެސްޓޯރަންޓްގެ އޯޑަރުތަކަށް %15 ޑިސްކައުންޓެއް

"އީޒެޕް" އެޕްލިކޭޝަން މެދުވެރިކޮށް "ބޮލީވުޑް" ރެސްޓޯރެންޓުން ކުރާ އޯޑަރުތަކަށް %15 ޑިސްކައުންޓެއް ދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
އީޒެޕުން ބުނި ގޮތުގައި ބުނި ގޮތުގައި ޑިސްކައުންޓް ލިބޭނީ، އީޒެޕް އެޕްލިކޭޝަން މެދުވެރިކޮށް ކުރާ އޯޑަރުތަކުގެ ތެރެއިން 250 ރުފިޔާއަށް ވުރެ މަތީން ކުރާ އޯޑަރުތަކަށެވެ.
އެގޮތުން ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވަނީ -/250 ރުފިޔާއަށްވުރެ މަތީން ކުރާ އޯޑަރ ތަކަށެވެ.
ރާއްޖޭގައި އުފައްދާފައިވާ ފުރަތަމަ "ސުޕަ އެޕް“ އީޒެޕް، ތަރައްގީކޮށްފައިވަނީ ރާއްޖޭގައި އޮންލައިންކޮށް މިހާރު ދެވޭ ގިނަ ޚިދުމަތްތައް އެއްތަނަކުން ދެވޭ ގޮތަށެވެ.
އެގޮތުން، މިހާރު އެ އެޕުން، މާލޭގެ މަޝްހޫރު ބައެއް ރެސްޓޯރެންޓުތަކުގެ ޚިދުމަތް ލިބޭނެ ކަމަށް ބުންޏެވެ.
ސަބްމޯ، ބިގްމޭން، ޝަވަރުމާޝީ، ބޮލީވޫޑްގެ ޚާއްސަ މެނޫތަކުން ކާއެއްޗެހި އެ އެޕުން މިހާރު އޯޑަރުކޮށްލެވޭނެ އެވެ. މީގެ އިތުރުން ވެސް މަގުބޫލު ގިނަ ރެސްޓޯރެންޓުތަކެއް ވަރަށް އަވަހަށް އެޕަށް އިތުރުވާނެ ކަމަށް އީޒެޕުން ބުންޏެވެ.
އަދި، ގްރޯސަރީ ޑެލިވަރީގެ ޚިދުމަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށާ ރޯދަމަހަށް ޚާއްސަކޮށް އެފަދަ ވިޔަފާރިތަކުގެ ތެރެއިން އީޒެޕްއާއި ގުޅިގެން ވިޔަފާރި ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައުވާ ކަމަށް އީޒެޕުން ބުނެއެވެ.
މީގެ އިތުރުން، ޓެކްސީ އަދި ޕަބްލިކް ޑްރައިވަރުންގެ ގޮތުގައި ޕްލެޓްފޯމަށް ރެޖިސްޓާވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އީޒެޕުން ބުންޏެވެ.
އެޕް ޑައުންލޯޑުކުރުމަށް:
އެޕަލް އައިއޯއެސް
https://apps.apple.com/us/app/eeezap/id6738035354
އެންޑްރޮއިޑް
https://play.google.com/store/apps/details?id=com.eeezap.customer