ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު ސަސްޕެންޑްކޮށްފި

ފަނޑިޔާރުންގެ ކަންކަން ބެލުމުގެ ޒިންމާ މަތިކޮށްފައިވާ ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު މިއަދު ސަސްޕެންޑްކޮށްފި އެވެ.
ޖޭއެސްސީން މީގެ އިރުކޮޅެއް ކުރިން ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ސަސްޕެންޑްކޮށްފައިވާކަން އިތުބާރު ހުރި މަސްދަރަކުން ވަނީ "ދެން" އަށް ޔަގީންކޮށްދީފަ އެވެ.
އެ 3 ފަނޑިޔާރުން ސަސްޕެންޑް ކުރި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ. އަދި ސަސްޕެންޑް ކުރީ ކިހާ މުއްދަތަކަށް ކަމެއްވެސް ނޭނގޭ އެވެ.
ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިމިވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަމަ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހާ ގުޅިގެން އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށްފައި ވަނިކޮށެވެ.
އެ އަޑު އެހުން ތަވާލުކޮށްފައިވަނީ 11:00 ޖަހާއިރު އެވެ. އަޑު އެހުން އަދި މިހާތަނަށް ކެންސަލްކޮށްފައެއް ނުވެ އެވެ.
ވ. ދެރަ ހުދިހާބާރެއް ހޯދުމައް އަރާ ކޮންމެމީހަކު އެދެނީ.