ކޭބަލަކަށް ގެއްލުންވެ ހުޅުމާލޭގެ ބަޔަކު ކަރަންޓު ކެނޑިއްޖެ

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރެޑްވޭވް މެގަމޯލް ހިމެނޭ ސަރަހައްދުގެ ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ އެ ސަރަހައްދުން ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން ބުނީ މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް އެ ސަރަހައްދަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން." ސްޓެލްކޯއިން އިތުރަށް ބުންޏެވެ.
ޑިސްޓްރިބިއުޝަން ކޭބަލަށް ގެއްލުން ލިބުނީ ކިހިނެއް ކަމެއް ސްޓެލްކޯއިން ނުބުނެ އެވެ.
މި ފަހަކަށް އައިސް ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަންކުރަން ވެގެން އެ ތަންތަނަށް ގެއްލުން ދޭތީ ވެސް ކަރަންޓު ކެނޑެ އެވެ.