ލޯންޗުތައް ފުރަން ދެ ޓާމިނަލެއް ބޭނުންކުރެވޭ ގޮތް ހަދައިފި

ރަށްރަށުން މާލެ އަށް ދަތުރުކުރާ މީހުންނށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން އިތުރު މާލޭގެ ދެ ފެރީ ޓާމިނަލަކަށް ލޯންޗު ގާތް ކުރެވޭ ގޮތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮނޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން މިއަދު ނިންމައިފި އެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ މާލެ އާއި އަތޮޅު ތަކާއި ދެމެދު ލޯންޗް ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކުން ލަފާ ފުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާމިނަލްގެ ބަނދަރު ބޭނުން ކުރުމަށް ހުޅުވާލުމަށް ގަސްދުކުރާ ކަމަށެވެ.
އެހެންވެ ފަޅު ބޭނުންކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ހިނގާ މާޗު މަހުގެ 10 ވަނަ ދުވަހުގެ 14:00ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެމްޓީސީސީން އެދިފައިވެ އެވެ.
އެ ކުންފުނިން ބުނީ އިތުރު މައުލޫމާތު 7978865 އަށް ގުޅައިގެން ލިބޭނެ ކަމަށެވެ.
ލޯންޗުތަކަށް ދެ ޓާމިނަލް ހުޅުވާލާން ނިންމާފައިވާއިރު، މި ވެގެންދާނީ ވާރެއާ އަވީގައި ލަފާފުރާ މީހުންނަށް ލިބޭނެ ބޮޑު ހައްލަކަށެވެ.
