ޚަބަރު

އުރީދޫގެ ރަމަޝާން އީސްޕޯޓްސް ގޭމިން ފެސްޓިވަލް ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އުުރީދޫ ރަމަޝާން އީސްޕޯޓްސް ގޭމިން ފެސްޓިވަލްގެ ތެރެއިން/ ފޮޓޯ: އުރީދޫ

އުރީދޫ ނޭޝަން އާއި ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓް މިނިސްޓްރީއާ ގުޅިގެން ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2ކޭ25 ފެށިއްޖެ އެވެ.

Ads by MPL

އުރީދޫއިން ބުނީ އިއްޔެ ފެށި އެ ފެސްޓިވަލް ކުރިއަށްދާނީ މި މަހުގެ 14 އަށް ޔޫތު ތާޑް ސްޕޭސް (ލިލީ މަގު) ގައި ކޮންމެ ރެއަކު ވެސް ރޭގަނޑު 9:00 އިން މެންދަމު 12ގެ ނިޔަލަށް ކަމަށެވެ.

އުރީދޫ އިން ބުނީ މުބާރާތުގައި ވާދަވެރި ޓައިޓަލްތައް ކަމަށްވާ އީއޭއެފްސީ، ޕަބްޖީ މޮބައިލް އަދި ޓެކެން ވާދަކުރާއިރު، 30،000 ރުފިޔާގެ ޕްރައިޒް ޕޫލްގެ ބައެއް ހޯދުމަށް ހުނަރުވެރި ގޭމަރުން ވާދަކުރާނެ އެވެ.

މި ހަރަކާތަކީ ކުރިއަރަމުން އަންނަ ލޯކަލް ގޭމިން ކޮމިއުނިޓީގެ ހުނަރު ދައްކާލައި، އެކުވެރިކަމާއި ވާދަވެރިކަމާއެކު ގޭމް ކުޅޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް ހުރިހާ އުމުރު ފުރާ އަކަށް ހުޅުވާލައިގެން ކުރިއަށްދާ ފެސްޓިވަލެކެވެ.

މުބާރާތްތަކުގެ އިތުރުން، ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2ކޭ25 އާންމުންނަށް ހުޅުވާލާފައިވާއިރު، މި ފެސްޓިވަލްގައި އިންޓަރެކްޓިވް ޕަބްލިކް އެކްސްޕީރިއަންސް ޒޯނެއް ވެސް ހިމެނެ އެވެ. ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް މޯޓަލް ކޮމްބަޓް، ޓެކްކެން އަދި ތަފާތު ނިންޓެންޑޯ ސްވިޗް ގޭމްތަކާ ތަޖުރިބާ ކުރެވޭ ގޮތަށް ރޭވިފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ.

ރާއްޖޭގައި އީސްޕޯޓްސް ކުރިއަރަމުން އަންނައިރު، އުރީދޫ ނޭޝަން ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2ކޭ25 ގެ މަގްސަދަކީ ގޭމިންއަށް ޝައުގުވެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް، ވާދަވެރި އަދި މުނިފޫހިފިލުވުމުގެ މާހައުލެއް ގާއިމުކުރުމެވެ.

އުރީދޫއިން ބުނީ އުއްމީދީ އީސްޕޯޓްސް ޗެމްޕިއަނަކަށް ވިޔަސް ނުވަތަ ކެޝުއަލް ގޭމަރެއް ކަމުގައި ވިޔަސް މި ފެސްޓިވަލަކީ ރަގަޅު އެކްސްޕީރިއަންސެއް ލިބިގެންދާނެ ފެސްޓިވަލެއް ކަމަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް ސޯޝަލް މީޑިއާގައި ފޮލޯކުރަން އުރީދޫއިން އެދެ އެވެ.