އަލްޙަމްދުﷲ، ހޯނޑެއްދޫ އިން ކޮވިޑް-19 އަށް ފައްސިވި 32 މީހުން ރަނގަޅުވެއްޖެ

ގދ. ހޯނޑެއްދޫން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ޖުމްލަ 32 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.
އެރަށުން ފައްސިވި 32 މީހުން ބަލިން ރަނގަޅުވުމާއެކު، އެރަށުގައި މިވަގުތު ބައްޔަށް ފަރުވާ ދެމުން އަންނަނީ 12 މީހުންނަށެވެ.
އެންމެ ފަހުން އެރަށުން ނެގި ސާމްޕަލެއް ކޮވިޑަށް ފައްސިވީ މިމަހުގެ 17 ވަނަ ދުވަހުގައެވެ. އެދުވަހު ދެމީހަކު ފައްސިވިއެވެ.
މާލެ ސަރަޙައްދު ފިޔަވާ ދެން އެންމެ ގިނަ ބަޔަކު ރާއްޖެއިން ކޮވިޑަށް ފައްސިވެފައިވަނީ ހޯނޑެއްދޫންނެވެ. އެރަށުން 44 މީހަކު މިބައްޔަށް ފައްސިވީއިރު މިހާރު އެކްޓިވް ކޭސް ގެ ގޮތުގައި ތިބީ 21 ފަރާތެކެވެ.
ކޮވިޑް19 އާ ގުޅިގެން އެރަށުގެ 15 ގެއެއް ހުރީ މޮނިޓަރިން އަށް ލައިފައެވެ.
އެ ރަށުން މިހާތަނަށް 358 ސާމްޕަލް ނަގާފައިވާ އިރު، ފައްސިވީ 44 ސާމްޕަލް އެކެވެ.
ހޯނޑެއްދޫގައި ކޮވިޑް-19 ފެތުރުނު ނަމަވެސް އެރަށަކީ ރަށުތެރޭގައި ބަލިއޮތް ރަށެއްތޯ ނޫންތޯ އަދި ނިންމާފައެއް ނުވެއެވެ.