ޚަބަރު ވިޔަފާރި

އުރީދޫއަށް 20 އަހަރުވުމާ ގުޅިގެން 19 އުމްރާ ދަތުރާއި ހައްޖު ދަތުރެއް ދެނީ

. ، ދެން އޮންލައިން

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ލިވް އަންލިމިޓެޑް ކެމްޕެއިން އާއެކު ހާއްސަ ޕްރޮމޯޝަނެއް ވަނީ އިއުލާނުކޮށްފި އެވެ.

Ads by STELCO

އުރީދޫން ބުނީ އެ ކުންފުނީގެ ލިވް އަންލިމިޓެޑްއަކީ ހަމައެކަނި ޝިއާރެއް ނޫނެވެ. އެއީ ކަސްޓަމަރުންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ކުރާ ވައުދެއް ކަމަށެވެ.

ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ތިބެގެންވެސް، އާއިލާއާއި ރައްޓެހިންނާ ގުޅުން ބޭއްވުމާއި، މަޖާ ޓީވީ ޝޯތައް ބެލުމާއި، އާ ގޭމްތައް ކުޅުމާއި، އަދި ކިޔެވުމާއި މަސައްކަތްކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް މޯލްޑިވްސްގައި، ދިރިއުޅުން ފުރިހަމައަށް، މިނިވަންކަމާއެކު، އަދި އެއްވެސް ހުރަހެއްނެތި އުޅެވޭނެ މަގު ތަނަވަސްކށްދިނުމެވެ.

މި ހާއްސަ ޕްރޮމޯޝަންގެ ދަށުން:

  • ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބިގެންދާނެ އެވެ.
  • ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
  •  މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒް އަކީ 2 މީހަކަށް ހައްޖު ދަތުރެކެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް:

  • އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
  • އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
  • ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވުން

20 އަހަރުގެ ކުޑަމުއްދަތުގައި އުރީދޫ އިން ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލްކޮށްފަ އެވެ. މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި، ހިދުމަތް ދިނުމުގައި ކެނޑިނެޅު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: https://ore.do/liveunlimited.

Ads by HDC