ދުނިޔެ

ދުނިޔޭގެ ރެކޯޑް ފޮތަށް އެރުމަށްޓަކައި ގަހެެއްގައި ބައްދައިގެން އަންހެނަކު 10 ގަޑިއިރު ހޭދަކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދުނިޔޭގެ ރިކޯޑް ފޮތަށް އެރުމަށްޓަކައި އެކި މީސްމީހުން އެކި ކަންކަން ކޮށް އުޅެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ ކޫސަނި ކަންކަން ކަމުގައިވެސް ހީވެފައި އޮވެދާނެއެވެ. ނަމަވެސް ހަގީގަތުގައި އެއީ ކޫސަނި ކަންކަމެއް ނޫނެވެ. އެކަންކަމުގެ ސަބަބުން އެމީހާއަށް މަޝްހޫރުކަން ލިބި، ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ވެސް ލިބެއެވެ.

Ads by Sosun Fihaara

އެގޮތުން ދުނިޔޭގެ ރިކޯޑްފޮތުން ޖާގައެއް ހޯދުމަށްޓަކައި މީހަކު ގަހެއްގައި ބައްދަައިގެން 10 ގަޑިއިރާއި 5 މިނެޓު ހޭދަކޮށްފިއެވެ. ކުރިން މި ރިކޯޑް އޮތް މީހާ ގަހެއްގައި ބައްދައިގެން ހޭދަކޮށްފައި ވަނީ 8 ގަޑިއިރާއި 15 މިނެޓެވެ. އެޑްރިއޭން ލޯންގް ނަމަކަށް މި މީހާ ބައްދައިގެން ހުރީ "ވޮލްނަޓް ޓްރީ" އެއްގައެވެ.

މި ކަންތައް ކުރުމަށް އޭނާއަށް ތަރުހީބު ދިނުމަށްޓަކައި ލޯންގްގެ ރަހުމަތްތެރިޔާ ސޭރާ ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ނެށުމާއި، ޔޯގާ ކްލާސްތައް ބޭއްވުން ހިމެނެއެވެ.

ލޯންގް ގަހުގައި ބައްދައިގެން ހުރި މި މަންޒަރު "ވޯލްޑް ރިކޯޑް ޓްރީ ހަގް ޕޭޖް" ގައި ވަނީ ވަގުތުން ދައްކާފައެވެ. އަދި އޭނާ ވަނީ ކާމިޔާބު ކަމާއެކު މި ރިކޯޑް ހާސިލުކޮށް ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!