އެކި ސައިޒުގެ 260 ޓީޝާޓު މަތިމައްޗަށް ލައިގެން ދުނިޔޭގެ ރިކޯޑު ފޮތުން މީހަކު ޖާގަ ހޯދައިފި
ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދުމަށް ޓަކައި އެކި މީހުން ކޮށް އުޅެނީ އެކި ކަންކަމެވެ. އެކަންކަމުގެ ތެރޭގައި މީހުން ހީނުކުރާ ފަދަ ތަފާތު ކަންކަން ވެސް ހިމެނެއެވެ. އެގޮތުން މި ލިސްޓަށް އަނެއްކާ ވެސް ރިކޯޑެއް މިވަނީ އިތުރުވެފައެވެ. ޓެޑް ހަސްޓިން ނަމަކަށް ކިޔާ މީހަކު މިވަނީ މަތިމައްޗަށް އެކި ސައިޒުގެ 260 ޓީޝާޓު ލައިގެން ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދާފައެވެ.
އޭނާ މި ރިކޯޑް ފުރިހަމަ ކޮށްފައިވަނީ މިދިޔަ 2019 ވަނަ އަހަރު ކަމުގައި ވިޔަސް ގިނެސް ވޯލްޑް ރިކޯޑުން އެކަން ހާމަ ކޮށްފައި މިވަނީ ދާދި އިހަކަށް ދުވަހުއެވެ. އެގޮތުން ގިނެސް ވޯރލްޑް ރިކޯޑްގެ އިންސްޓަގްރާމް ޕޭޖުގައި ވަނީ އޭނާ އެ ރިކޯޑު ފުރިހަމަ ކުރި ގޮތުގެ ވީޑިއޯ އެއް ހިއްސާ ކޮށްފައެވެ.
އެވީޑިއޯ އިން ދައްކުވައިދޭ ގޮތުގައި އެ ރިކޯޑް ފުރިހަމަ ކުރުމުގައި ހަސްޓިންގެ ވަށައިގެން ތިބި މީހުން މި ރިކޯޑް ފުރިހަމަ ކުރުމުގައި ހަސްޓިންގް އަށް އެހީތެރިވާ މަންޒަރު ދައްކުވައިދެއެވެ. އެގޮތުން އޭނާ ވަނީ ގިނަ އަދަދެއްގެ ސައިޒުގެ ޓީޝާޓު ބޭނުން ކޮށްފައެވެ. އޭނާ އެންމެ ފުރަތަމަ ލާފައިވަނީ މީޑިއަމް ސައިޒުގެ ޓީޝާޓެވެ. އަދި އެންމެ ފަހުން އެކްސް ސައިޒުގެ 20 ޓީޝާޓް ވެސް އޭނާ ވަނީ ލާފައެވެ.
އޭނާގެ ވަށައިގެން ތިބި މީހުން ދިޔައީ އޭނާ ލަމުން ގެންދިޔަ ޓީޝާޓު ތަކުގެ އަދަދު ގުނަމުންނެވެ. އަދި އެންމެ ފަހު ޓީޝާޓު ލެވުމުން ވޯލްޑް ރިކޯޑް ހާސިލުވީ ކަމުގެ ސެޓްފިކެޓް ވަނީ އޭނާއަށް ހަވާލު ކޮށްފައެވެ.
ވޯލްޑް ރިކޯޑްސް ވެބްސައިޓުގައި ހިއްސާ ކޮށްފައިވާ ގޮތުން އޭނާ މި ރިކޯޑް ފުރިހަމަ ކުރީ އޭނާގެ ދަރިންނަށް ފިލާވަޅެއް ނަގައިދިނުމުގެ ގޮތުންނެވެ. އެގޮތުން ކޮންމެ ކަމަކީ ވެސް ބުރަ މަސައްކަތުން ކާމިޔާބު ވާނެ ކަމެއް ކަން އޭނާގެ ދަރީންނަށް އަންގައިދޭން ބޭނުންވި ކަމުގައި ހާމަ ކޮށްފައި ވެއެވެ.