ދުނިޔެ

މިއީ ދުނިޔޭގެ އެންމެ ފައި ދިގު މީހާާ، މީނާގެ ފައިގައި ކިތައް ފޫޓު ހުންނަކަން އެނގޭތަ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެމެރިކާގެ ޓެކްސަސް އަށް ނިސްބަތްވާ 17 އަހަރުގެ އަންހެން ކުއްޖަކު ދުނިޔޭގެ އެންމެ ފައި ދިގު މީހާގެ މަގާމް ހޯދައި ދުނިޔޭގެ ރިކޯޑް ފޮތުން ޖާގައެއް ހޯދައިފިއެވެ. މޭސީ ކަރިން ނަމަކަށް ކިޔާ މި ކުއްޖާ އަކީ ފުރާވަރުގެ އަންހެން ކުދިންގެ ތެރެއިން ވެސް އަދި މުޅި ދުނިޔެއިން ވެސް އެންމެ ފައިދިގު އަންހެން މީހާއެވެ.

Ads by WAMCO

މި އަންހެން ކުއްޖާގެ ދިގުމިނުގައި ހުންނަނީ ކިތައް ފޫޓުތޯ ބަލާލަން ބޭނުން ހެއްޔެވެ؟ އަދި ހަމައެކަނި މި އަންހެން ކުއްޖާގެ ފައިގައި ހުންނަނީ ކިތައް ފޫޓުތޯ ބަލާލަން ބޭނުން ހެއްޔެވެ؟ ރިޕޯޓްތައް ބުނާ ގޮތުން، މި އަންހެން ކުއްޖާގެ އިސްކޮޅުގައި 6 ފޫޓު 10 އިންޗި ހުރެއެވެ. އަދި މި ކުއްޖާގެ ފައިގައި އެކަނި ވެސް ހަމައެކަނި 4 ފޫޓު ހުރެއެވެ. ސެންޓިމީޓަރުން ބަލާނަމަ އޭނާގެ ވާއަތު ފައިގައި އެކަނި 135.267 ސެންޓިމީޓަރު ހުރެއެވެ. އަދި އޭނާގެ ކަނާތު ފައިގައި 134.3 ސެންޓިމީޓަރ ހުރެއެވެ.

މި އަންހެން ކުއްޖާ ބުނާ ގޮތުގައި އޭނާ އަކީ އެ އާއިލާގައި ހުރި އެންމެ ދިގު ކުއްޖާއެވެ. އާއިލާގެ އެންމެ ދިގު ކުއްޖާއަށް ވާތީ އެކަމުގެ ސަބަބުން ގިނަ ފައިދާތަކަކާއި ގެއްލުން ތަކެއްވެސް އެބަހުރި ކަމަށް އެ ކުއްޖާ ފާހަގަ ކުރިއެވެ. ދެފައި ދިގު ވިޔަސް އެއްވެސް މީހަކު އޭނާއާ ދިމާކޮށް ހަނގާ ނުކުރާ ކަމަށް އެކުއްޖާ ބުންޏެވެ. ނަމަވެސް އާއިލާގެ އެންމެ ދިގު ކުއްޖާއަށް ވީތީ ބައެއް ފަހަރަށް ހަނގާ ކުރާ ކަމަށް މި ކުއްޖާ ބުންޏެވެ.

އެހެން ނަމަވެސް މީހުން އެގޮތަށް ކިޔާ އެއްޗިއްސަށް އޭނާ އަޅާ ނުލާނެ ކަން އޭނާ ބުންޏެވެ. އާދަޔާޚިލާފަށް އޭނާގެ ފައިދިގު ކަމަށް އޭނާއަށް ފާހަަގަ ވީ 2018 ވަނަ އަހަރުގައެވެ. އެކަން ފާހަގަވީ އޭނާ ލާނެ ޖިންސެއް ގަންނަން ދިއުމުން އޭނާއަށް ހެޔޮވަރު ޖިންސެއް ނުލިބުމުން ކަމަށް އޭނާ ފާހަގަ ކުރިއެވެ. އޭނާއަށް އޭގެ ފަހުން ޖިންސު ފަދަ ތަކެތި ހާއްސަކޮށް ފަަހަނީ ކަމަށް އޭނާ މައުލޫމާތު ދެއެވެ.

މި އަންހެން ކުއްޖާ ބޭނުންވަނީ ކުރިއަށް އޮތްތަނުގައި މޮޑެލިންގެ ދާއިރާއިން ކުރިއަށް ދާށެވެ. އަދި މިހާރުވެސް އޭނާ އަކީ ޓިކްޓޮކްގައި ވަރަށް މަޝްހޫރު ކުއްޖެކެވެ. އޭނާގެ އުއްމީދަކީ ދުނިޔޭގައި ހުރި އެންމެ ދިގު މޮޑެލްއަށް ވުމެވެ.

Ads by HDC
  1. އިލްޔާސް

    ލިޔާއެއްޗެއް މީހުންނައްސާފުވާގޮތައްލިއުނީމައެބުނާއެއްޗެއްއެނގޭނީ