ވިޔަފާރި

ބޮޑު ތިލަދުންމައްޗަކީ ޒަމާނުއްސުރެ އެއްވެސް ވެރިކަމެއްގައި އިގްތިޞާދީ ގޮތުން އަޅާލެވިފައިވާ ސަރަހައްދެއް ނޫން: ޒިޔާދު

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބޮޑު ތިލަދުންމައްޗަކީ ޒަމާނުއްސުރެ އެއްވެސް ވެރިކަމެއްގައި އިގްތިޞާދީ ގޮތުން އަޅާލެވިފައިވާ ސަރަހައްދެއް ނޫންކަމަށާއި، ބޮޑުތިލަދުންމައްޗަށް ދިމާވެފައި ވާ އެންމެ ބޮޑު މައްސަލަ އަކީ އިޤްތިޞާދީ ހަރަކާތެއް ނެތުން ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއުރާގެ މެމްބަރު ހުސެއިން ޒިޔާދު (ޒިއްޓެ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޒިޔާދު މިހެންވިދާޅުވީ ރާއްޖެޓީވީ އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ޒިޔާދު ވިދާޅުވީ އިންޑިއާއާއި ރާއްޖެއާ ދެމެދު ފެށި ކާގޯ ފެރީއާއި އެކު މިއީ އިގްތިޞާދީ ބޮޑު ހަރަކާތެއްގެ ފެށުން ކަމަށް ދެކޭ ކަމަށެވެ. މީގެ އިތުރުން އިންޑިއާގެ ކޮޗިން އާއި ރާއްޖެއާއި ދޭތެރޭ ފެށިފައިވާ ކާގޯ ފެރީގެ ޚިދުމަތަކީ މާލެ ނޫން އެހެން ގޮތެއް ހޯދުމަށް ފެށޭ ފެށުމެއް ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

ބޮޑު ތިލަދުންމަތީ ރައްޔިތުންނަށް މިއަދު އޮތް ހަމައެކަނި ގޮތަކީ މާލެ އައިސް މުދާ ގަތުންކަން ފާހަގަ ކުރައްވާ ޒިޔާދު ވިދާޅުވީ މިއީ މާލެއަށް ބަރޯސާ ވުން ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމެއް ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ކުރާނޭ ކަމެއް ކަމަށެވެ.

ދުނިޔޭގައި ހިނގާ ހުރިހާ ވިޔަފާރިތަކަކީ ވެސް ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ވިޔަފާރިތަކެއް ކަމަށާއި، މިޚިދުމަތަކީ ވަޒީފާއާއި މުދާ ހޯދުމަށް އެޅޭ ވަރަށް މުހިއްމު ފާލަމެއް ކަމަށްވެސް ޒިޔާދު ފާހަގަ ކުރައްވާފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!