ހަގީގީ ހާދިސާ ލައިފްސްޓައިލް

ހަގީގީ ހާދިސާ: ކައިވެނި ކެންސަލް ކޮށްލީ އަންހެންމީހާ އަކީ މާލޭގައި ގެދޮރުނެތް "މާލެ މީހެއްކަން" އެނގުމުން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިހާރަކަށް އައިސް ކައިވެނީގެ މަތިވެރި ގުޅުން ވެސް ވެފައި މިވަނީ ވަކި ޝަރުތުތަކެއް ހިމެނެންޖެހޭ، ބަލަން ޖެހޭ ކަންކަން ނޫން އެހެން ކަންތައްތަކަށް ބަލާފައި ނޫނީ ނުކުރެވޭ ކަމަކަށެވެ. އަމިއްލަ އެދުން ވަރަށް ބޮޑަށް ހިމެނި، ވަކި މަންފާއެއް އެކަމުން ދެމީހުންނަށް ނުވަތަ ދެމީހުންގެ ތެރެއިން ކޮންމެވެސް އެކަކަށް ވިޔަސް ނުލިބޭނަމަ، ކައިވެނި ރޫޅެއެވެ. ނުވަތަ ނުކުރެވި ކެންސަލް ވެއެވެ.

މިއީވެސް އެފަދަ ކަމަކާއި ކުރިމަތިވި އުޚްތެއްގެ ވާހަކައެވެ.

އޭނާގެ މައިންބަފައިންނަކީ އެހެން ރަށަކަށް އުފަން ދެމީހުން ނަމަވެސް އެއަންހެންމީހާ އާއި އޭނަގެ އެއްބަނޑު އެއްބަފާ މީހުން އުފަންވެ އުޅެ ބޮޑުވީ މާލޭ ގައެވެ. ދިރިއުޅެނީ ބައްޕައަށް ލިބިފައިހުރި ފްލެޓެއްގައި ކުއްޔަށެވެ. ރަށުގައި ވެސް އަމިއްލަ ގެދޮރު ނެތުމުން، ރެޖިސްޓަރ ވެފައި ވަނީ މާލޭ ރަށްވެއްސެއްގެ ގޮތުގައެވެ.

"އަހަންނަކީ އެކަނިވެރިމައެއް. ކައިވެނި ރޫޅުނު ފަހުން ދެން އިތުރު ކައިވެންޏެއް ކުރަން ކުރި ހުރިހާ މަސައްކަތްވީ ބޭކާރު. ދަރިފުޅުގެ ބައްޕަ ވަރިކުރިފަހުން، ފުރަތަމަ ގުޅުމެއް ބޭއްވި މީހާ އަހަރެންގެ ދިރިއުޅުމުގެ ހަތަރު އަހަރު ބޭކާރު ކުރުމަށްފަހު، ކައިވެނި ކުރަން އުޅެފައި ދިނީ ދޯކާ. އޭގެ ދެ އަހަރު ފަހުން އެހެން މީހަކާއި ގުޅުމަށްފަހު، އެގުޅުމަށް ތިން އަހަރު ވީއިރުވެސް ކައިވެނި ކުރަން އޭނައަށް ތައްޔާރު ނުވެވުމުން އަދި އެހާ ހަރުދަނާ މީހަކަށް އޭނާ ނުވުމުން، އިތުރަށް ވަގުތު ބޭކާރު ނުކުރަން އަހަރެން އެގުޅުން ނިންމާލިން.

އެއަށްފަހު އަހަރެން ހުރީ ދެން އަލުން ކައިވެންޏެއް ކުރަން ފޫހިވެފައި. އަހަރެން ނިންމީ ކައިވެންޏެއް ނުކޮށް އަމިއްލައަށް ވަޒީފާ އަދާކޮށްގެން ދަރިފުޅުގެ ކަންކަން ބަލަހައްޓާ، އުމުރުގެ ބާކީ ބައި އެގޮތުގައި ހޭދަ ކޮށްލަން. އެހިތްހަރު ކަންމަތީ އަހަރެން އެތައް ދުވަހެއް ހޭދަ ކޮށްލިން.

އެކަމަކު، ފަހަކަށް އައިސް އަހަރެން އެކަނިވެރިވާން ފެށި. ކަންކަން ހިއްސާ ކޮށްލާ، އެކުގައި މަޖާކޮށްލާ ލޯބިން އުޅޭނޭ ބައިވެރިއަކު ލިބުމަށް ހިތް އެދެން ފެށި. ލޯބިން އެކުގައި އުޅޭ ދެމަފިރިން ފެނުމުން އެމީހުންނަށްޓަކައި އުފާވި ނަމަވެސް އަހަރެންގެ އެކަނިވެރިކަން ވަރަށް ބޮޑަށް އިޙުސާސްވާން ފެށި، އަދި އެކަމާއި މާޔޫސް ވެސް ވާން ފެށި.

އެހެންވެ އަހަރެން ނިންމީ އަނެއްކާވެސް ކައިވެންޏެއް ކުރެވޭތޯ މަސައްކަތް ފަށަން. އެގޮތުން އަހަންނާ ގާތްކޮށް ވާހަކަ ދެއްކި ޒަމާންވީ އެކުވެރިއަކާއި ތަންކޮޅެއް ގިނައިން ވާހަކަ ދެއްކިން. ނަމަވެސް އޭނަގެ ވާހަކަ ދެއްކުން އެދުންވެރިކަމަށް ހުރުމުން އޭނާ ބްލޮކް ކޮށްލިން. ދެން ވެސް އިތުރު މީހަކާއި ވާހަކަ ދެއްކިން. އޭނަގެ ފަރާތުން ވެސް އެކަހަލަ އިޝާރާތްތަކެއް ލިބުމުން، އޭނާއާއި ވެސް ވާހަކަ ދެއްކުން ހުއްޓާލިން.

ކައިވެނި ކުރަން މީހަކު ހޯދައި ދިނުމަށް އަހަރެންގެ ދައްތަ ގާތުވެސް އެދުނިން. ދައްތަ ހޯދައިދިން މީހާއާއި ބައްދަލުކޮށް ވާހަކަ ދައްކަން ފެށުމުން، އެއީ އެހާ ގަޔާވާ ކަހަލަ މީހެއް ކަމުގައި ވެސް ނުވި. ނަމަވެސް އިތުރަށް މަސައްކަތް ކުރުމަށް އިތުރަށް ވާހަކަ ދެެއްކިން. އޭނާ ބޭނުންވީ ދެ އަނތްބަށް އަހަންނާއި އިނދެ، އޭނަގެ ބާރުގެ ދަށުގައި އަހަރެން ހުންނަން އަދި ވަޒީފާ ވެސް ދޫކޮށްލަން. އޭނާ އެއް ރޭ މާއަމުރުވެރިކޮށް ވާހަކަ ދެއްކުމުން، އެގުޅުމަށް ވެސް ނޫނެކޭ ބުނިން.

ކައިވެނި ކުރަން މީހަކު ހޯދުމަކީ ވަރަށް އުނދަގޫ ކަމެކޭ، އަހަންނަށް އަމިއްލައަކަށް އެކަމެއް ނުވާނެޔޭ ހީވެ ދެން އަހަރެން މަސައްކަތް ކުރީ ފޭސްބުކްގައި އެކަމަށްޓަކައި ހިންގާ ޕޭޖެއްގެ އެހީތެރިކަން ހޯދަން.

ކޮންމެ ގޮތެއް ވިޔަސް ކައިވެނި ކުރާނީ އަހަރެން ވެސް ހިތްހަމަ ޖެހޭނަމައޭ ހިތަށް އަރާ، ވަރަށް ހިތްވަރު ކޮށްފައި އަހަރެން މީހުންނަށް މެސެޖުކުރިން.

އަހަންނާއި އެޕޭޖުން ވާހަކަ ދެއްކީ ވަރަށް އޯގާތެރިކަމާއެކީ. ތިން މީހަކު އަހަންނާއި ކައިވެނި ކުރަން ޝައުޤުވެރިކަން ބެހެއްޓި. ނަމަވެސް އޭގެތެރެއިން ދެމީހަކު ފަހުން ޚަބަރެއް ނުވުމުން، ފަހުން މެސެޖުކުރި މީހާގެ މައުލޫމާތު ދިން. އަދި ރުހުމާއެކު އެކަކު އަނެކަކުގެ ނަންބަރު ވެސް ދިން.

އެމީހާއަކީ ވެސް ކުރިން ކައިވެންޏެއްކޮށް ދަރިއަކު ހުރިމީހެއް. އަހަންނަށް ހުސް ވަގުތު ވެގެން ވާހަކަ ދެއްކޭ ވަރަކަށް ދެއްކިން. އޭނާގެ ކިޔެވުމުގެ ފެންވަރު މޮޅުކަމާއި ވަޒީފާގެ މަގާމުގެ ވާހަކަ ދެއްކުމުން އެއީ އަހަރެން ވަރަށް ފޫހިވި ވާހަކައެއް، ނަމަވެސް އެހާ އަވަހަށް ނިންމާ ނުލަން އެ ފޮނިކެނޑުން ތަކަށް ވެސް ކެތްކުރިން. ކައިވެނި ކުރަން ބޭނުންވަނީ ޖެނުއަރީ ގައި ކަމަށް ބުނުމުން އެހާތަނަށް ބޮޑަށް އޭނާ ދަސްވާނެ ކަމަށް ހީކޮށް އެއްބަސްވީން.

ނަމަވެސް ދެން ކަންތައްވީ އަހަރެން ހީކުރި ގޮތާއި ޚިލާފަށް. އޭނާ އަހަރެން ގާތު އެހީ މާލޭގައި އަމިއްލަ ގެދޮރު އެބަހުރިތޯ. އަހަރެން ބުނިން ނޫނެކޭ، ކުއްޔަށޭ އުޅެނީ. އޭނާ ބަސް މަދުވުމުން ބުނިން ގޭގައި އަހަންނަށް ވަކިން ކޮޓަރިއެއް ވެސް ނެތް ކަމަށް.

އެހިސާބުން އޭނާގެ ވާހަކަ ދެއްކުމުގެ ރާގު އެއްކޮށް ބަދަލުވި. މާލޭ ރައްވެއްސެއް ނޫންތޯ އެހުމުން އެކަން ވެފައިވާ ގޮތް ކިޔައިދިނިން. ދެން އޭނާ ހާސްވެ، ހިތްހަމަ ނުޖެހިފައިހުރި ފާޑަކަށް ބުނީ އެހެންވީރު އިންނަންޏާ ޖެހޭނީ ތަނެއް ކުއްޔަށް ހިފަން ދޯއޭ. އަހަރެން ބުނިން ގޭގައި ވަކިން ތަނެއް ނެތޭ، އަހަރެން ވެސް މަސައްކަތް ކުރާނަމޭ.

އެހިސާބުން އޭނާ ފޯނު ބޭއްވި. ފަހުން އެއްވެސް ޚަބަރެއް ނުވެ، މެސެޖަކަށް ޖަވާބު ވެސް ނުދިނުމުން، ވެގެން އުޅޭ ގޮތެއް ސާފުކޮށް ދިނުމަަށް އެދި ފަހު މެސެޖު ކުރިން.

އޭނާ ބުނީ އޭނާ އަހަންނާއި ކައިވެނި ކުރަން ބޭނުންވީ މާލޭ މީހަކަށްވުމުން ކަމަށާއި މާލޭގައި ގެދޮރު ހުރި މީހެއް ކަމަށް ހީކޮށް ކަމަށް. އަދި ކުއްޔަށް ތަނެއް ހިފައިގެން އުޅެން ބޭނުން ނުވާނެ ކަމަށް ބުނެ، ކައިވެނި ވެސް ކެންސަލް ކަމަށް ބުނި.

ކުރާނީ ކީއް ހެއްޔެވެ. މިއީ އަހަރެންގެ ނަސީބު ހުރިގޮތެވެ."

Ads by Ooredoo
  1. ސސސސ

    ިކެއްތެރިކަމާ ސާބިތުކަމުގަ ދެމިހުރޭ ކަމަނާ.ކާމިޔާބު ލިބޭނެ އިންޝާﷲ

  2. ޢައިމިނަތު

    މިހާރަކަށް އައިސް މީހުންނާ އިނުން ވެފައި މިއޮންނަނީ ވަރަށް ބޮޑު ގޮންޖެހުމަކަށް. ކައިވެނީގެ މާތް މަގުޞަދުވެސް ވަނީ ގެއްލިފަ.

  3. މުހައްމަދު ބިން އަލީ

    ތިމީހެެެއް އެބަޖެހޭ ހޯދަން، ހުވާ

  4. ފަރީދާ

    ތިހާ ވަރަށް އިންނާނެ މީހުން ނުހޯދާ މައިތިރިވެބަލަ! މި ޒަމާނުގަ މީހަކަ އިނުމަށްވުރެ ބުއްދިވެރީ ނީނުން! ކައިވެންޏަށް ވަނީ ދެ މަސް! ޜިޒްގް ދެއްވަނީ ﷲ! ޢިރާދަކުރެއްވިޔާ ގޮތެއް ހުހެއް ނުވާނެ! ޤުރުއާން ކިޔަވާ ހެޔޮ އަމަލުގިނަ ގިނަކުރެވޭތޯ ބަލާ! އިންނާނެ މީހުން ހޯދުމަށްވުރެ މާ ފައިދާވާނެ!

  5. ސާބަސް ތީނައަށް މަ ގުނާލި އިރު 8 ފިރިިެނުން ވެއްޖެ.ދެންވެސް ހަޔާތް ބޭކާރުނުކޮށް ތައުބާވެ ﷲ އަށް ޓަކައި ދިރިއުޅެން ދަސްކުރޭ!! ހިތްތަކައް ހިތްހަމަޖެހުން ލިބެނީ އެކަލާނގެ ހަނދުމަކުރުމުން.

    • އއމ އަށް

      ކިހިނެއް ގުނައިގެން ތިއުޅެނީ؟ 8 މީހުންނާއި ގުޅުން ބޭއްވި ވާހަކަތަ އޮތީ، ނޫނީ ކައިވެނި ރޫޅުނު ފަހުން ދެ ގުޅުމަކަށް ދިޔަ ކަމަށާއި އެގުޅުންތައް ކެނޑުނީމަ ހުހަށް ގިނަ ދުވަހު ހުރެފައި ފަހުން ކައިވެނި ކުރާނެ މީހަކު ލިބޭތޯ ވާހަކަ ދައްކާލި ވާހަކަތަ އޮތީ؟ މީހަކާ ވާހަކަ ދައްކަންޏާ އެދެވެނީ ގުޅުމަކަށް ވިއްޔާ ހާދަ ބައިވަރު ބަޔަކު އެތައް ބަޔަކާއި ގުޅުމަކަށް ގޮސްފަތާ ދޯ އޮންނާނީ؟ ފުރަތަމަ ތިމާމީހާގެ ވިސްނުން ތަންކޮޅެއް ރަނގަޅު ކޮށްލަން ފެނޭ!

      • ފަރީދާ

        8 ފިރިހެނުންނާއި ގުޅުން ހިނގިވާހަކައެއް ނެތް އެ ކޮމެންޓްގަ! 8 ފިރިހެނުން ވެއްޖޭ އޮތީ!

        • އެހެންތަ

          ފަރީދާ. 8 ފިރިހެނުން ވެއްޖޭ ބުނީމަ އެބުނެވެނީ ކީކޭކަން ނިކަން ތަފްސީލު ކޮށްލަދީބަލަ. ތަރުޖަމާ ކޮށްދޭއިރު ބުނެލަ ދޭތި ތައުބާވާށޭ އެބުނަނީ ކީއްވެތޯ ވެސް

  6. މާހީ

    މިހާރު ކަައިވެނި އެއީ ޖޯކެއް. ބަތްކައްކާ ކުޅުން ކަހަލަކަމެއް.

    • ޛަބުލާމީ

      ޢަސްލުވެސް ތިބުނީ މިތެދެއް! މި އުހުތުންނަށް މިހާ ލަނޑުއަޅާއިރު ފިރިހެނުން މަތިން ފޫހުވެސް ނުވޭތަ! އަހަރެންނަށް ލަނޑު ދިނީ އެންމެ މީހެއް ދެން ދުވަހަކުވެސް މީހަކާ ނީންނަން އަޒުމު ކަނޑައަޅައިގެން މިހުރީ!

      • މައްސަލަ

        ޛަބުލާމީ އެހެންވީމަ ފިރިހެނުން ދެކެ ފޫހިވެފަ ދޯ ތިހުރީ؟ މުޅިން ސަކަރާތެއްނު އެހެންވީރު، ތިހެން ނުވިއްޔާ ރަނގަޅީ