ޚަބަރު

ނިއުޕޯޓް މައްސަލައިގައި ސަރުކާރުން އުޅެނީ ސިޔާސީ ގޮތުން ބަދަލު ހިފަން: އިދިކޮޅު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހެންވޭރު ލޮނުޒިޔާރަތް ކޮޅުގައި ހުރި ނިއުޕޯޓް ވިއު ރެސްޓޯރަންޓު ހިންގި އިމާރާތް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިޔައީ ސިޔާސީ ގޮތުން ބަދަލު ހިފުމަށް ކަމަށް އިދިކޮޅު ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

Ads by STELCO

ޕީޕީއެމުން ބުނީ ނިއުޕޯޓް ހުންނަ އިމާރާތް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސް އެތަން އެއްވެސް މިންވަރަކަށް ބަލަހައްޓަމުން ނުދާތީ ކަންބޮޑުވާ ކަމަށެވެ. އަދި އެއިމާރާތުގައި ހުރި މުދަލާއެކު، ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން އެއިމާރާތުން ތިން ފަހަރެއްގެ މަތިން ވައްކަން ކުރިއިރު ވެސް ސަރުކާރުގެ ފަރާތުން އެކަމާ އެއްވެސް މިންވަރަކަށް އަޅާ ނުލުމަކީ ކަންބޮޑުވާ ކަމެއް ކަމުގައި ވެސް އެޕާޓީން ބުނެފައިވެއެވެ.

"އެއިމާރާތުން ތިން ފަހަރެއްގެ މަތިން ވައްކަން ކުރިއިރު ވެސް ސަރުކާރުގެ ފަރާތުން މިންވަރަކަށް ވެސް އަޅާނުލުމަކީ ކަންބޮޑުވާ ކަމެއް. އެކަމުން ދިވެހި ވިޔަފާރިތައް ހިމާޔަތްކޮށް ދިވެހި ވިޔަފާރިތައް ކުރިއެރުވުމުގެ ނިޔަތެއް ސަރުކާރުގެ ނެތްކަން ވަރަށް ބޮޑަށް ހާމަވަމުންދޭ." ޕީޕީއެމް ގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އެބަޔާނުގައި ބުނެފައިވަނީ ދާދި ފަހުން ނިއުޕޯޓް ވިއު އިމާރާތުން ވައްކަން ކުރިކަން އެނގިގެން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ މުވައްޒަފުން އެތަނަށް ޒިޔާރަތް ކުރިނަމަވެސް ނަމަވެސް އޭގެފަހުން ވެސް އެތަނުގެ ސެކިއުރިޓީ ބެލެހެއްޓިފައި ނުވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!