ޚަބަރު

ޓޫރިޒަމް ދަށް އަތޮޅުތަކުގައި ސިނާއަތް ފައްކާވާން ދެން ގިނަ ދުވަސް ނުނަގާނެ: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

ޓޫރިޒަމް ދަށް އަތޮޅުތަކުގައި އެ ސިނާއަތް ފައްކާވާން ދެން ގިނަ ދުވަސް ނުނަގާނެކަމަށް ރައީސް  ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައީސް މުއިއްޒު އެކްސްގައި މިރޭ ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯއާއި މިދިޔަ ފެބްރުއަރީ މަހު ދެއްވި ރިޔާސޯ ބަޔާނުގައި ވިދާޅުވި ގޮތަށް ޓޫރިސްޓު ރިސޯޓުތައް ރަނގަޅަށް އަދި ފައްކާ ނުކުރެވޭ އަތޮޅުތައް ޓޫރިޒަމްއަށް ފައްކާކުރަނަ މި އަހަރު މަސައްކަތް ކުރައްވާނެ ކަމަށެވެ.

ްއެގޮތަށް ޓޫރިޒަމްއަށް ފައްކާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވީ ހއ., ހދ., ނ., ތ., ލ., އަދި އައްޑޫ ސިޓީއެވެ.

ރައީސް ވިދާޅުވީ އެ އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީކުރާނީ އިނާޔަތްތަކާއި ލުއިތައް ހިމެނޭހެން ގިނަ ކަންތައްތަކެއް ހިމެނޭ  "އެޕްރޯޗް" އެއްގެ ތެރެއިން ކަމަށެވެ.

"ދަތުރުފަތުގެ އިންފްރާސްޓްރަކްޗާއަށް މިހާރު ކުރަމުންދާ އިންވެސްޓްމަންޓްތަކާއެކު ޓޫރިޒަމް ދާއިރާ އާ ބާބަކަށް މިހާރު މިއޮތީ ފައްކާވެފައި. އަންނަ ހަފްތާގައި އެކަމާ ގުޅޭ އިތުރު މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން ހާމަކުރާނެ" ރައީސް ވިދާޅުވި އެވެ.

ހަލާލް ޓޫރިޒަމަށް ވަކި ރަށްތަކެއް ތަރައްގީކުރަން ކަނޑައަޅައި އެކަމަށް އިންވެސްޓްކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުމަށް ނިންމާފައިވާކަން ވެސް ރައީސް  މުއިއްޒު މިއަދު ވަނީ އިއުލާނު ކުރައްވައިފަ އެވެ.

Ads by HDC