ލައިފްސްޓައިލް

ކޮވިޑް19އަށް ފޭކް ވެކްސިނެއް ހަދާ ވިއްކަން އުޅުނު މީހަކު ހައްޔަރުކޮށްފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އޮޑިޝާ،އިންޑިއާ: ކޮވިޑް19ގެ ވެކްސިނެއް ކަމަށް ބުނެ ފޭކު އެއްޗެއް ތައްޔާރުކޮށް ވިއްކަން އުޅުނު މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

Ads by Sosun Fihaara

އޮޑިޝާ ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި ފޭކް ވެކްސިނެއް އުފައްދާ ވިއްކަން އުޅުނު މީހަކީ 32 އަހަރުގެ ޕުރައްލަދު ބިސީ ކިޔާ މީހެކެވެ. އަދި އޭނާ އަކީ ގްރޭޑު 7 އިން ކިޔެވުން ހުއްޓާލި މީހެއް ކަމަށް ވެސް މީޑިއާ ޚަބަރުތައް ބުނެފައިވެއެވެ.

ފުލުހުން ބުނީ ކޮވިޑް19 އަށް ވެކްސިނެއް ވިއްކަން އުޅޭ ކަމުގެ ޚަބަރެއް އެފަރާތަށް ލިބުމުން ، ހިންގި އޮޕަރޭޝަންގައި އޭނާގެ ގެއިން ވެކްސިންގެ ލޭބަލް ޖަހާފައިހުރި 12 ފުޅި ފެނިފައިވާ ކަމަށެވެ. އަދި އެ ވެކްސިން އުފެއްދީ ކޯއްޗެއް ބޭނުން ކޮށްގެން ކިހިނެއްތޯ ސުވާލު ކުރުމުން އެއީ ވަރަށް ބޮޑު ސިއްރެއް ކަމަށާއި އެކަން ހާމަ ކުރެވެން ނެތް ކަމަށް ޕުރައްލަދު ބުނި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޕުރައްލަދު ބުނެފައިވާ ގޮތުގައި އޭނާ ތައްޔާރު ކުރި ވެކްސިނަކީ 100 ޕަސެންޓް ކާމިޔާބު ވެކްސިނެކެވެ. ފުލުހުން ހިންގި އޮޕަރޭޝަނުގައި ޕުރައްލަދުގެ ގެއިން ދަރިމައިވުމުގެ ސިއްހަތަށް ބޭނުން ކުރާ ކަމަށް ބުނާ ފޭކް އިންޖެކްޝަންތަކެއް ވެސް ފުލުހުން ވަނީ އަތުލައިގެންފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!