ދުނިޔެ

އިންސާނުންގެ ގުނަވަންތަކެއް ހުރި ކަމަށްބުނެ 260 ޓަނުގެ ކުނި ލަންކާ އިން އިނގިރޭސި ވިލާތަށް އަނބުރާ ފޮނުވާލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިންސާނުންގެ ގުނަވަންތަކެއް ހުރި ކަމަށް ބުނެ 260 ޓަނުގެ ކުނި ލަންކާ އިން އިނގިރޭސި ވިލާތަށް އަނބުރާ ފޮނުވާލައިފިއެވެ.

Ads by WAMCO

ލަންކާގެ ކަސްޓަމްސްއިން ބުނެފައި ވަނީ ހޮސްޕިޓަލްއިން އުކާލާ ކުނި ހުރުމުން އެތަކެތި އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. ލަންކާގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި، ބެންޑޭޖާއި މޯޗަރީތަކުން ގެނެސްފައިވާ އިންސާނުންގެ ހަށިގަނޑުގެ ބައިތައް ވެސް ހިމެނޭ ކަމަށެވެ. އަދި މި ކުނި ކޮންޓައިނަރުގައި އާއްމުކޮށް ހުރީ ބޭނުންކޮށްފައި ހުރި ގޮދަނޑި އާއި ކާޕެޓް އަދި ރަގު ކަމަށް ވެސް މީޑިޔާތަކުން ހާމަކުރެއެވެ،

ލަންކާ ކަސްޓަމްއިން ބުނެފައިވަނީ ވަނީ 21 ކޮންޓެއިނަރުގެ ކުނި އެ ގައުމަށް އިނގިރޭސި ވިލާތުން އެތެރެކޮށްފައި ވަނީ ނުރައްކާތެރި ކުނިބުނި އެއް ތަނުން އަނެއް ތަނަށް ގެންދިއުމާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކަމަށެވެ. ކުނި ކޮންޓެއިނާތައް ލަންކާ އަށް ފުރަތަމަ އެތެރެ ކޮށްފައި ވަނީ ސެޕްޓެމްބަރު 2017 އާއި މާޗް 2018އާ ދެމެދު ކަމަށްވެސް ކަސްޓަމްސްގެ އޮފިޝަލުން ބުނެއެވެ.

މެލޭޝިއާއިން ވެސް ޖެނުއަރީ މަހު ވަނީ 42 ކޮންޓެއިނާގެ ކުނި އަނބުރާ އިނގިރޭސި ވިލާތަށް ފޮނުވާލައިފައެވެ. ހުޅަނގުގެ ބައެއް ޤައުމުތަކުން އޭޝިޔާގެ ޤައުމުތަަކަށް ބޭނުން ކޮށްފައި ހުންނަ ކުނި ފަހަކަށް އައިސް ފޮނުވާކަން ފާހަގަކޮށްލެއެވެ. އިނގެރޭސި ވިލާތުން އަހަރެއްގެ މައްޗަށް 22 މިލިޔަން ޓަނުގެ ކުނި އުފައްދައެވެ.ނަމަވެސް މިިމިންވަރަށް ކުނި ނައްތާލެވޭނެ ޤާބިލުކަން މިޤައުމުގައި ނެތުމުން ކުނި އެހެން ޤައުމުތަކަށް ފޮނުވާލައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!