ޚަބަރު

އެކަކު އޮތީ ވެންޓިލޭޓަރގައި: ޑރ.ނަޒްލާ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މިހާރު އައިސީޔޫގައި ފަރުވާދެމުން އަންނަނީ 3 މީހަކަށް ކަމަށާއި އޭގެތެރެއިން އެކަކު މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ބުނެފި އެވެ.

Ads by Hajj Corporation

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި 2 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގައި އެކަކަށް ފަރުވާ ދެމުންދާ ކަމަށެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 71 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. އެއީ ވޯޑްގައި 70 މީހުންނާއި، އައިސީޔޫގައި އެކަކު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފުލޫ ކްލިނިކްތަކަށް 150 މީހަކު ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި، 95 މީހެއް ސާންޕަލް ނަގާފައިވާ ކަމަށެވެ.

މިހާރު ޖުމްލަ 82 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މިހާތަނަށް ރާއްޖެއިން 10،157 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އަދި 8950 މީހަކު ބަލިން ވަނީ ފަސޭހަ ވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!