ނޯރާގެ "ގުނަވަނެއްގައި" ޓެރެންސް އަތްލި ކަމަށް ދެކެވޭ ވާހަކަ އޭނަ ދޮގުކޮށްފި

"އިންޑިއާސް ބެސްޓް ޑާންސަރ" ގެ އެޕިސޯޑެއްގައި އެޝޯގެ އެއް ޖަޖު ކަމަށްވާ ޓެރެންސް ލުއިސް، މަޝްހޫރު އެކްޓްރެސް އަދި ޑާންސަރ ނޮރާ ފަތޭހީ ގެ "ގުނަވަނެެއްގައި" އަތްލި ކަމަށް ބުނެ ފެތުރެމުން އަންނަ ވާހަކަތައް ނޯރާ ދޮގު ކޮށްފިއެވެ.
އެމަންޒަރު ކަމަށް ބުނެ ދައްކުވައިދޭ ވީޑިއޯއެއް ވެސް ދައުރުވަމުންދާއިރު، ނޯރާ ބުނެފައިވަނީ އެއީ ބަޔަކު "މޯފް" ކޮށްގެން ހަދާފައިވާ ވީޑިއޯއެއް ކަމަށާއި އޭގެ އެއްވެސް އަސްލެއް ނެތް ކަމަށެވެ. އަދި އެފަދަ ކަމެއް ނުހިނގާ ކަމަށް ވެސް ނޯރާ ބުނެފައިވެއެވެ.
ނޯރާ އެޝޯގެ ޖަޖެއްގެ ގޮތުގައި ދިޔައީ، އޭގެ އެއް ޖަޖު ކަމަށްވާ މަލައިކާ އަރޯރާ ކޮވިޑަށް ފައްސިވުމާއި ގުޅިގެން ވަގުތީ ގޮތުންނެވެ.
އޭގެން އެއް އެޕިސޯޑުގައި ޓެރެންސް، ނޯރާގެ ފުރަގަހުން އަތްލި ކަމަށް ބުނެ ބަޔަކު ވަނީ ވީޑިއޯއެއް ހަދާ އާއްމުކޮށްފައެވެ. އެވީޑިއޯގެ އެއްވެސް ހަގީގަތެއް ނެތްކަން ޓެރެންސް ވެސް ވަނީ ނުސީދާކޮށް އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް އަންގާފައެވެ. އަދި އެޕޯސްޓަށް ކޮމެންޓު ކުރަމުން ނޯރާ ވެސް ބުނެފައިވަނީ އެކަމާއި އަޅާނުލުމަށާއި ފޮޓޯޝޮޕް ކުރުމާއި ވީޑިއޯ މޯފް ކުރުމުގެ ހުނަރު މީހުން މިޒަމާނުގައި ބޭނުން ކުރަނީ އެންމެ ނުބައިގޮތަށް ކަމަށެވެ.
ނޯރާ އެޝޯއަށް ދިޔަފަހުން ޝޯގެ ހޯސްޓުންނާއި ދެން އިންނަ ޖަޖު ކަމަށްވާ ގީތާ ވެސް ވަނީ ނޯރާ އާއި ޓެރެންސް ގެ ކެމިސްޓްރީ ވަރުގަދަ ކަމުގެ ވާހަކަ އެތައް ފަހަރަކު ދައްކާފައެވެ.