ބޭރު ދުނިޔެ

އަނބިމީހާގެ ސަބަބުން ހަތަރު އުދަރެސް ފެނުޖެހި މިމީހާ އެރީ އެންޓަނާ އަކަށް، ފައިބަންވެސް ހެދީ ދެކޮޅު

މުޙައްމަދު ޝިފާއު

އާންމުކޮށް އަނބިމީހާއާ ޒުވާބުކުރުމަށް ފަހު އަނބިމީހާގެ ރުޅި މައިތިރި ކުރަން ފިރިމީހާ ވަރަށް ގިނަ މަސައްކަތް ތަކެއް ކުރާނެއެވެ. ތަފާތު އެކު އެކި މަސައްކަތްތަކެވެ. އެގޮތުން މިއީ އިންޑިއާ މީހަކު އޭނަގެ އަނބިމީހާ އާއި ޒުވާބު ކޮށް، އަނބިމީހާގެ ރުޅިމައިތިރި ނުވުމުން އެކަމާ އޭނާ ބޯގޮވައިގެން، އޭނާ ކަންތައް ކުރި ގޮތުގެ ވާހަކައެވެ.

ެިްއިންޑިއާގެ އުއްތަރުޕްރަދޭޝް އަށް ނިސްބަތްވާ މި ފިރިހެން މޫހާ ވަނީ އޭނަގެ އަންހެނުންނާއި ޒުވާބުކޮށް އެކަމާ ބޯގޮވުމުން އިންޑިއާގެ އެންމެ އުސް “އެންޓަނާ” އަށް އަރާފައެވެ. އަދި އެ އެންޓަނާއިން ފައިބަން ވެސް މީނާ ވަނީ ދެކޮޅު ހަދާފައެވެ. އެހެންނަމަވެސް އިންޑިއާގެ ފުލުހުން މިހާރު ވަނީ މީނާ އެ އެންޓަނާއިން ބާލުވާފައެވެ.

“ތޭޖްޕާލް ސިންގް” ނަމަކަށް ކިޔާ މި ފިރިހެންމީހާ މި އެންޓަނާއަށް އެރީ އޭނަގެ އަނބިމީހާ އޭނަގެ ބޮލުގައި ދޮގު އިލްޒާމުތަކެއް އަޅުވައި އަދި އެހުރިހާ ވާހަކަތަކެއް ވެސް އިންޑިއާގެ ފުލުހުން ގަބޫލު ކުރުމުންކަމަށް ބޭރުގެ ޚަބަރުތަކުން މައުލޫމާތު ލިބެއެވެ.

އަދި އޭނާ ބުނީ އޭނާގެ ބޮލުގައި އޭނަގެ އަންހެނުން ދޮގު ތުހުމަތުތަކެއް އެޅުވުމުން ފުލުހުން ވެސް އެވާހަކަތައް ގަބޫލުކުރި ކަމަށާއި، އޭނާ ބޭނުން ވަނީ އޭނާގެ އަންހެނުންގެ ކިބައިން ސަލާމަތް ވާން ކަމަށެވެ.

އަދި ޚަބަރުތައް ލިބޭ ގޮތުގައި މިހާރު އެ އެންޓަނާގެ ސަބަބުން މޯބައިލް ފޯނުގެ ނެޓުވޯކަށް ވަނީ ބުރޫ އަރާފައެވެ. އަދި މި މައްސަލަ އިތުރަށް ދަނީ ބަލަމުންނެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!