ބީއެމްއެލްގެ ޑެބިޓް ކާޑުގެ ފޮރިން ލިމިޓް 1000 ޑޮލަރަށް ބޮޑުކޮށްފި
ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ބޭނުން ކުރެވޭ ލިމިޓް މާދަމާ އިން ފެށިގެން 1000 ޑޮލަރަށް އިތުރުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ މިބަދަލާއެކު މާދަމާ އިން ފެށިގެން ރާއްޖޭން ބޭރުގައި ކާޑު މެޝިން މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް މަހަކު 1000 ޑޮލަރުގެ ލިމިޓެއް ލިބޭނެ ކަމަށެވެ.
މި ބަދަލު ގެނައުމުގެ ކުރީގައި، ކޮވިޑު-19އިން ފެށިގެން ލިބެމުން އައީ 250 ޑޮލަރުގެ ލިމިޓެކެވެ. ނަމަވެސް ޖުލައި މަހުން ފެށިގެން އެ ލިމިޓް ވަނީ 500 ޑޮލަރަށް ބޮޑުކޮށްފަ އެވެ.
އޭގެ އިތުރުން ބީއެމްއެލް އިން ވަނީ ބޭސްފަރުވާގެ ބޭނުމަށާއި، ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ކުރެވޭ މިންވަރު، މަހަކު 3000 ޑޮލަރަށް ބޮޑުކޮށްފަ އެވެ.
އެ ބަދަލާއެކު ރާއްޖޭން ބޭރަށް ދަތުރުކުރާ ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުގައި ދިވެހި ރުފިޔާ ހުރެއްޖެނަމަ، އެއާލައިންތަކުގެ ސައިޓްތަކުން ޑައިރެކްޓްކޮށް ދުރާލާ ޓިކެޓު ގަތުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ކާޑުން ހޮޓަލަށް ފައިސާ ދެއްކުމުގެ ގާބިލުކަން ވެސް އިތުރުވެގެން ދާނެ އެވެ.
