ޚަބަރު

ބީއެމްއެލްގެ ޓްރާންސެކްޝަންތަކުގެ އޯޓީޕީ ވަޓްސްއެޕްއަށް ލިބޭ ގޮތް ހަދައިފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ބީއެމްއެލް / ފޮޓޯ: ދެން އިމޭޖްސް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޮންލައިން ޓްރާންސެކްޝަންތަކަށް ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ލިބޭ ރަސްމީ ޗެނެލެއްގެ ގޮތުގައި ވަޓްސްއެޕް އިތުރުކޮށްފިއެވެ.

ބޭންކުގެ ރަސްމީ އޯޓީޕީ ޗެނަލްތަކުގައި ތެރޭގައި ހިމެނެނީ އެސްއެމްއެސް، އީމެއިން އަދި އޮތެންޓިކޭޓާއެވެ. މިހާރު އިތުރުކޮށްފައިވާ ވަޓްސްއެޕުން އިންޓަނެޓް ބޭންކިން ނުވަތަ ބޭންކިން އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭނެ އިހުތިޔާރު ބީއެމްއެލ އިން ވަނީ އިތުރުކޮށްފައެވެ.

ބީއެމްއެލްއިން ބުނެފައި ވަނީ އޯޓީޕީ ޗެނަލް ވަޓްސްއެޕަށް ބަދަލުކުރުމުގެ މަރުހަލާގައި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ކަސްޓަމަރުން މިހާރު ބޭނުންކުރާ އޯޓީޕީ ޗެނަލެއް ބޭނުންކުރަން ޖެހޭނެކަމަށެވެ.

ބީއެމްއެލްއިން މިހާރު ވަނީ ކިއުއާރްކޯޑް ސްކޭން ކޮށްގެން ފައިސާ ދެއްކޭ ގޮތަށް ވެސް ހަދައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!