އައުރަ ނިވާ ނުވާވަރުގެ ހެދުމާއި ފެޝަން ހެދުން ވިއްކާ ފިހާރައެއްގައި މަސައްކަތް ކުރުމުގެ ޙުކުމަކީ ކޮބާ؟
އަހަރެމެންގެ މި ޤައުމުގައި ޚާއްޞަކޮށް މާލޭގައި ހެދުން ވިއްކުމުގެ ވިޔަފާރިއަކީ ފުޅާ އަދި ބޮޑު ވިޔަފާރިއެކެވެ. މި ވިޔަފާރީގެ ވާދަވެރިކަން ބޮޑުވުމާ އެކު ވިޔަފާރި ކުރިއެރުވުމަށް ޓަކައި ގަންނަ މީހުން ހިތް ކިޔާ ، އެމީހުން ބޭނުންވާނެ އެތަކެއް ވައްތަރެއްގެ ހެދުމާއި ތަފާތު ފެޝަންތަކުގެ ހެދުންތައް ހުރިހާ ފިހާރަތަކެއްގައިހެން ލިބެން ހުރެއެވެ.
މި ވިޔަފާރިއަކީ ބޮޑު ވިޔަފާރިއެއް ކަމަށްވާތީ ، ގިނަ ޢަދަދެއްގެ ބަޔަކު ވެސް މި ވިޔަފާރިތަކުގައި މަސައްކަތް ކުރަމުން ގެންދެއެވެ. އަދި އައުރަ ނިވާ ނުވާ ހެދުމާއި ތަފާތު ފެޝަންތަކުގެ ހެދުންތައް ވިއްކާ ފިހާރަތަކުގައި ވެސް ގިނަ ޢަދަދެއްގެ ދިވެހިން މަސައްކަތް ކުރެއެވެ. މިފަދަ ފިހާރަތަކުގައި މަސައްކަތް ކުރުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟
މި ސުވާލަށް އައްޝައިޚް މުޙައްމަދު ޝާފިޢު ދެއްވައިފައިވާ ޖަވާބަކީ މިއީއެވެ.
އެފަދަ ފިހާރަތަކުގައި މަސައްކަތް ކުރުމަކީ ހުއްދަ ކަމެކެވެ. އެއީ ކުރު ހެދުމަކީ ޙަރާމް އެއްޗަކަށް ނުވާތީއެވެ. ކުރުހެދުން ޙަރާމް ވަނީ ހިލޭ ފިރިހެނުންނަށް ދައްކަން ލުމުންނެވެ. އެހެންވީމާ ކުރު ހެދުން ވިއްކުމަކީ ވެސް ހުއްދަ ކަމެކެވެ. ސަބަބަކީ އެ ޙަރާމް ވަނީ އެ ހެދުން ލާ މީހާ ބޭނުން ކުރާ ގޮތަކުންނެވެ. ފިރިމީހާގެ ކުރިމަތީގައި ކުރުހެދުން ލާނަމަ އެއީ ހުއްދަ ކަމެކެވެ. އަދި ހިލޭ ފިރިހެނުންގެ ކުރިމަތީގައި ލާނަމަ ޙަރާމް ކަމެކެވެ. އެފަދަ ހެދުން ގަންނަނީ ކާކުތޯ ފިހާރައިގެ ކޭޝިއަރު ނުވަތަ އެހެން މަސައްކަތެއް ކުރާ މީހަކު ވެސް ބަލާކަށް ނުޖެހޭނެއެވެ. އަދި ކުރުހެދުން ގަންނަނީ ކާކުގެ ކުރިމަތީގައި ލާންތޯ ކާކު ބުނެގެން ގަންނަ އެއްޗެއްތޯ ބަލާކަށް ވެސް ނުޖެހޭނެއެވެ. ވީމާ އެފަދަ ވަޒީފާއެއް އަދާކުރުމުގައި މައްސަލައެއް ނެތެވެ.
ކުރުހެދުން އެބުނާހެން އެއީ ހަރާން އެއްޗެއް ނޫން، ެ ހެދުނ ބެނުން ކޮށްދާނުން ބޮޑު އަގުގަ ގަނެފަ ފެންފޮތިލާނ ވެސް
ފާޑުފާޑުގެ ކްރީމްތައްވެސް ހުރޭ ފޮޓޯ ވެސް ސެންސަރުނުކޮށް. މިފިހާރަ ތަކުގަ މަސައްކަތް ކުރުމޯ؟
ފޮޓޯ ފެންނަން ނެތިއްޔާ ތިޔަކުރީމް އުގުޅަފާނެ ކުރީމް ޖެހި ބަނަސް ހަދަންވެސް. 18 + ޖަހާފަ ހުންނަ ކްރީމް ދަޅު ބަހައްޓަން ވީ .