ދީން

އަނބިމީހާދެކެ ރުޅި އައިސް އޭނާއާ ދިމާލަށް ގެރި،ޖަނަވާރު ބަހުން މުޚާތަބު ކުރުމަކީ ކޮންކަހަލަ ކަމެއް؟

ދެން އެމްވީ ، ދެން އޮންލައިން

ކައިވެނީގެ ގުޅުމަކީ މަތިވެރި ގުޅުމެކެވެ. އެއީ ދެމީހެއްގެ ހަޔާތް އެއް ހަޔާތަކަށް ހަދާ ، އުމުރުގެ ބާކީ އޮތް ބައި ދެމީހުން އެކިއެކީގައި އުޅުމަށް ވެވޭ އިޤުރާރެކެވެ. މި އިޤްރާރު މަތީގައި ދެމި ތިބުމަކީ މުހިންމު ކަމެކެވެ. ދެމީހުންގެ ހަޔާތުގައި ހަމަ ކަމެއް ދިމާވާއިރަށް މިއިޤްރާރު ބާތިލްކޮށް ވަރިވުމަކީ ކުރަން އޮތް ކަމެއް ނޫނެވެ. އަދި ކިއެއްތަ އެއީ އިސްލާމްދީން ބާރު އަޅާ މަގެއް ވެސް ނޫންމެއެވެ.

Ads by MWSC

ކޮންމެ ދެމީހެއްގެ ވެސް ވިސްނުމާއި ހިޔާލާއި އަދި ހިތްއެދޭ ކަންތައްތަކާއި ހިތް ނޭދޭ ކަންތައްތަކުގައި ތަފާތު ހުންނަ ފަދައިން ދެމަފިރިންގެ މެދުގައި ވެސް މިފަދަ ތަފާތުތައް ހުންނާނެއެވެ. އެހެންކަމުން ދެމަފިރިންގެ ދެމެދުގައި މައްސަލަ އުފެދުމަކީ އާންމުކަމެކެވެ. އެއީ އެކަކު އަނެކަކަށް ޒުވާބުކޮށް ހަޑިހުތުރުބަހުން ވާހަކަ ދައްކަންޖެހޭ ސަބަބެއް ނޫނެވެ.

ނަމަވެސް ހިތާމައާއެކު ފާހަގަކޮށްލަން ޖެހޭ ކަމަކީ މިކަން އަހަރެމެންގެ މުޖުތަމައުގައި ހިނގަނީ މަދުންނޭ ބުނެވެން ނެތުމެވެ. ދެމަފިރިންގެ ދެމެދުގައި ހިނގައިގެން ނުވާނެ ވަރަށް ކުދިކުދި ގޯސްތައް އާންމުވެފައިވުމެވެ. އަނބިމީހާ ފިރިމީހާއާއި ދިމާލަށް ހަޑި އެއްޗެހި ކިޔުމާއި ފިރިމީހާ އަނބިމީހާއާއި ދިމާއަށް އެއްޗެހި ކިޔުމެވެ. އަނބިންނަށް ޚަރަދު ނުކުރުމެވެ. އެމީހުންނާއި ދުރުގައި ތިބުމެވެ. އަދި ރަހިމްގެ ގުޅުން ކަނޑާލުމަށް އެންގުމެވެ. ހިލޭ އަންހެނުން ނުވަތަ ފިރިހެނުންނާއެކު ކޮފީއަށް ދިޔުމެވެ. މިފަދަ އެތައް އެތައް ކަމަކީ މަދުން ހިނގާކަން ކަމެއް ނޫނެވެ.

މިކަންކަމާއި ގުޅިގެން ޑރ.މުޙައްމަދު އިޔާޟް ޢަބުދުއްލަތީފް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ދީނީގޮތުން ކަންކަން ސާފުކޮށްދިނުމަށް އެމަނިކުފާނު ހިންގަވާ ދީނީ ސުވާލާއި ޖަވާބުގެ ގުރޫޕްތަކުގައި ދެމަފިރިންގެ ދެމެދުގައި ހިނގާ މިދެންނެވިފަދަ ކަންކަމަށް ޑރ.އިޔާޟް ވަނީ ގިނަ ޖަވާބުތަކެއް ދެއްވާފައެވެ. އެގޮތުން ފިރިހީމާ ރުޅި އައިސް އަނބިމީހާއާއި ދިމާލަށް ގެރި،ޖަނަވާރު ބަސްތައް ބޭނުން ކުރުމާއި އަދި އަނބިމީހާގެ ނުރުހުމުގައި ފިރިމީހާ ހިލޭ އަންހެނުންނާއި ވާހަކަދައްކާ ، ދުއްވާލަން ގޮސް ، ކޮފީއަށް ދިޔުމާއި ގުޅޭ ގޮތުން ޝައިޚް ވިދާޅުވީ ކިތަންމެ ރުޅި އައި ނަމަވެސް ހަޑިހުތުރު ބަސްތަކުން މުޚާތަބުކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫންކަމަށާއި އަދި އަނބިމީހާގެ ނުރުހުމުގައި ވެސް އަދި ރުހުމުގައި ވެސް ހިލޭ އަންހެނުންނާއި ބޭކާރު ވާހަކަ ދައްކާ ކޮފީތަކަށް ގޮސްގެން ނުވާނެ ކަމަށެވެ.

ދެމަފިރިންގެ ހަޔާތުގައި ޖެހޭ މައްސަލަތަކުގައި އަނބިމީހާގެ އާއިލާގެ މެމްބަރަކާއި ނުވަތަ މެމްބަރުންނާއި ގުޅުން ކަނޑާލުމަށް ފިރިމީހާ އެންގުމަކީ ވެސް ހިނގާ ކަމެކެވެ. ނޫނީ ފިރިމީހާ އާއި ވެސް މިހާލަތު ކުރިމަތިވަ ފަހަރު އާދެއެވެ. މިކަމާއި ގުޅިގެން ޝައިޚް ވިދާޅުވީ ރަހިމްގެ ގުޅުން ކަނޑާލުމަކީ ހަރާމް ކަމެއް ކަމަށާއި ފިރިމީހާ ނުވަތަ އަނބިމީހާ ބުނިކަމުގައި ވިޔަސް އެކަން ނުކުރެވޭނެ ކަމަށާއި އަދި ކޮށްގެން ވެސް ނުވާނެ ކަމަށެވެ.

Ads by Ooredoo
  1. ށަވިޔަނި

    ކިތަންމެ ނަސޭޭޙަތެއް ދިނަސް ނުބައި ފިރިހެނުން ރަނގަޅެއް ނުވާނެ

    • ފޮނި މުރާދު

      ނުބައި އަންހެނުން؟؟؟

  2. Anonymous

    މައުޟޫ ކިޔާލުމުން ހީކުރިން ޝަރުޢީ ދަލީލާއެކު ފިރިންގެ މި ޢަމަލާ ގުޅޭ ޙުކުމްތައް ބަޔާންކުރެވިފައިވާނެ ކަމަށް. އެކަމަކު ކުރި އުންމީދު ފެނަށް.