ޚަބަރު

ހއ.ކެލާގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

ފާތިމަތު ރޫހީ ، ދެން އޮންލައިން

ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ހއ.ކެލާގައި މިއަދު ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

ކެލައަށް މިހާރު މި ޚިދުމަތް ފުޅާކުރުމާ އެކު ހއ. އަތޮޅުން ޕާސްޕޯޓު ނަގަން ބޭނުންވާ ފަރާތްތަކަށް ޕާސްޕޯޓު 'ކަލެކްޝަން ޕޮއިންޓް' ގޮތުގައި މިހާރު ހއ.ގެ ތިން ރަށެއް ޚިޔާރުކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެއީ ކެލާގެ އިތުރުން ދިއްދުއާއި އިހަވަންދުއެވެ.

މިފަދަ ޚިދުމަތްތައް ލާމަރުކަޒީކުރުމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕާސްޕޯޓު ޚިދުމަތްތައް ގާއިމުކުރަމުން އަންނަކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެންމެ ފަހުން މި ޚިދުމަތް ދޭން ފަށައިފައި ވަނީ ތ.ގުރައިދުއާއި ވޭމަންޑުއާއި ވިލުފުށީގައެވެ.

Ads by Allied Insurance