ޚަބަރު

ޕީއެންސީއިން މާލޭގެ މޭޔަރު ކަމަށް ނިކުންނާނެ ކެންޑިޑޭޓު އިއުލާންކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އިން މާލޭގެ މޭޔަރުކަމަށް ނިކުންނާނެ ކެންޑިޑޭޓު އިއުލާންކޮށްފިއެވެ.

Ads by STELCO

ޕީއެންސީއިން އެ މަޤާމަށް ކަނޑައަޅުއްވައިފައި ވަނީ ނިޝާން އަސްކަރިޔާގެ ވެރިކަމުގެ ޢިއްޒަތް، އަރުވައިފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ ޢަލީ ޖަލީލެވެ. އެ މަޤާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލުމުން، އެކަމަށް ކުރިމަތި ލެއްވީ މޫސާ ޢަލީ ޖަލީލު އެކަނި ކަމަށް ޕީއެންސީއިން މަޢުލޫމާތުދެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، އަންނަ އަހަރުގެ އޭޕްރިލް މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމައިފައެވެ.

Ads by HDC
  1. ބޯހަރު

    ވަރަށް އިޚްތިރާމްކުރަން. މިޤައުމުގެ ބަދަލެއް. އެކަމަކު މޭޔަރު ކަމަށް ހޮވިއްޖެނަމަ، ދެން އެމަޤާމުގައި ހިންގުންތެރިނުވެވިއްޖެނަމަ، މަނިކުފާނަށް ލިބިފައިވާ އިއްޒަތާއި ޤަދަރު އަދި އިޚްތިރާމްކުޑަވެދާނެކަމަށް އަޅުގަނޑު ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން ނުހަނު ކަންބޮޑުވޭ.