ކޮވިޑް-19: ކުޅުދުއްފުށިން 2 މީހަކު ފައްސިވެއްޖެ
ހދ. ކުޅުދުއްފުށިން އިތުުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.
އެރަށުން މިއަދު ފައްސިވެފައިވާ ދެ މީހުންނަކީ ވެސް ހޯމް ކަރަންޓީނުގައި ތިބި ދެ މީހުންނެވެ. މި މީހުން ފައްސިވެފައިވާ ކަން އެނގިފައިވަނީ ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ހެދި ޓެސްޓުތަކުގެ ނަތީޖާއިންނެވެ.
ފައްސިވެފައި ވަނީ 34 އަހަރުގެ އަންހެނަކާއި، 64 އަހަރުގެ އަންހެނެކެވެ.
މިއާއެކު އެރަށުން ކޮވިޑް-19 އަށް ފައްްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ ހަތަކަށް އަރާފައެވެ. މީގެ ކުރިން އެރަށުން ފައްސިވެފައި ވަނީ މާލެ ދަތުރު ކުރާ ބޯޓެއްގެ ކެޕްޓަނާއި އެ ވޭދަނައާ ގުޅުން ހުރި އިތުރު ތިން މީހުންގެ އިތުރުން ކަރަންޓީނުގައި ތިއްބާ ފައްސިވި ދެމީހުންނެވެ.
Ads by Allied Insurance