ދުނިޔެ

ލަންކާއިން އަށް ކިލޯގެ "އައިސް"އާ އެކު، ލަންކާ މީހަކު ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ސްރީލަންކާއިން އަށް ކިލޯގެ "އައިސް"އާ އެކު، ލަންކާގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

Ads by Creative Network

އެ ޤައުމުގެ މީޑިއާތައް ބުނާގޮތުން، ލަންކާގެ އެލްޕިޓިޔާގެ ކްރިމިނަލް އިންވެސްޓިގޭޝަން ބިއުރޯގެ ފުލުހުން ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ (އައިސް)އެކު 39 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާ ބަލައި ފާސްކޮށް، އަށް ކިލޯ އާއި 580 ގްރާމުގެ މަސްތުވާތަކެތި ފުލުހުން ހޯދާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން، މި މައްސަލައިގައި ހައްޔަރު ކުރެވުނު މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް، މިއަދު އޭނާ ކޯޓަށް ޙާޒިރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެއެވެ.

Ads by Allied Insurance