ޚަބަރު

މޭޔަރުކަމަށް ނުކުންނަން އެދުނީ ޔާމީން، ނަޝީދުގެ ލަފައެއް ނުހޯދަން: ޒަރިޔަންދު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ޒަރިޔަންދު އަދި ކުރީގެ ރައީސް ޔާމީން --

މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ލަފާ ހޯއްދަވައިފައި ނުވާނެ ކަމަށް ޕީއެންއެފްގެ ތާއީދާ އެކު މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އިސްމާއީލް ޒަރިޔަންދު މިރޭ ވިދާޅުވެއްޖެއެވެ.

Ads by STELCO

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޕީއެންއެފްގެ ތާއީދާ އެކު ޒަރިޔަންދު ވާދަކުރައްވާއިރު، ނަޝީދު އެމްޑީޕީގެ މާލޭގެ މޭޔަރު ޕްރައިމަރީގައި އަލީ އާޒިމަށް ގެންދަނީ ކެމްޕެއިން ކުރައްވަމުންނެވެ.

އަޑު ފެތުރެމުންދާ ގޮތުގައި ޒަރިޔަންދު ނުކުތީ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީން އަލީ އާޒިމް ބަލިވެއްޖެ ހާލަތަކަށް ވެސް ވިސްނައިފައި، ނަޝީދުއާއި ޔާމީން އަދި ޒަރިޔަންދު ވާހަކަ ދައްކަވައިގެންނެވެ.

ޗެނަލް 13ގެ ނިއުސްޓޯކްގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ ނަޝީދާ އެކު ދުވަހަކު ވެސް މާ ގާތް ގުޅުމެއް ނެތް ކަމަށެވެ. އަދި ޑިމޮކްރެޓްސްއާ ވެސް ގުޅުނީ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލަ ތަހުގީގު ކުރުމުގައި އޭރުގެ ސަރުކާރުން އިހުމާލުވެފައިވާތީ އަމިއްލައަށް ވަންނަން ބޭނުންވެގެން ކަމަށެވެ.

"އަމިއްލައަށް ޑިމޮކްރެޓްސްއަށް ވަންނަން ބޭނުންވެގެން ވަނީ. އަދި ރައީސް ނަޝީދާ އެންމެ ފަހުން ވާހަކަ ދެކެވުނީ ވެސް މިދިޔަ އަހަރުގެ އޯގަސްޓް މަހުގައި," ޒަރިޔަންދު ވިދާޅުވިއެވެ.

  1. ސަބުނަމް އަލީ

    ބޮޑާބެގެ މޮއިވަރުގަހުރެ ތިޔަކަން ވާނޭ މަށަކު ނުބުނާނަން. ބޮޑާކަމާ ކިބުރުވެރިކަމަކީ ލައްކަ ނުބައި ކަންކަމެ.
    ބޮޑާބެ އުޅެނީ ގާނޫނަށް ބަދަލުގެނެސް އަދީބަށް ނައިބުރައީސްކަން ދިން ހިތި ނުފިލައިގެން. ނުވެސް ފިލާނެ. އެބޭ ދެން ވަރިކަމަކަށް ނުހޮވާނެ.