ވިޔަފާރި

ރާއްޖޭގެ ޖުމްލަ ރިޒާވް 886.5 މިލިއަން ޑޮލަރަށް

ފާތިމަތު އަފްނާން ، ދެން އޮންލައިން
MMA
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވް 886.5 މިލިއަން ޑޮލަރަށް އުފުލިއްޖެއެވެ.

Ads by STELCO

މަރުކަޒީ ބޭންކުގެ އިކޮނޮމިކް އަޕްޑޭޓުގައިވާ ގޮތުން ނޮވެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 886.5 މިލިއަން ޑޮލަރެވެ. ނަމަވެސް އޮކްޓޫބަރު މަހުގެ ރިޒާވްގައި ހުރީ 866.3 މިލިއަން ޑޮލަރެވެ. މިއީ 20.2 މިލިއަން ޑޮލަރު ނުވަތަ ދެ ޕަސެންޓުގެ އިތުރުވުމެކެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި 2024 ނޮވެމްބަރު މަހު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރި 616.2 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރު ހުރި 866.3 މިލިއަން ޑޮލަރާ އަޅާބަލާއިރު 270.4 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. އަދި ނޮވެމްބަރު މަސް ނިމުނުއިރު، ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރީ 220 މިލިއަން ޑޮލަރެވެ. މިއީ ދެ މަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާއެވެ.

Ads by Ooredoo