ޚަބަރު

ރައީސް މުއިއްޒު ބަނގުލަދޭޝްއަށް ފުރާވަޑައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސިންގަޕޫރަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ފުރާވަޑައިގަންނަވަނީ / ފޮޓޯ:ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ދަތުރުފުޅެއްގައި ބަނގްލަދޭޝްއަށް މިރޭ ފުރާވަޑައިގެންފިއެވެ.

Ads by Allied

ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅަކީ ބަނގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު، ޑޮކްޓަރު މުހައްމަދު ޔޫނުސްގެ ދައުވަތަކަށް އެ ގައުމުގެ އައު ސަރުކާރު ހުވާކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާއެވެ.

އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރައީސް މުއިއްޒު ކުރައްވާ މި ދަތުރުފުޅުގައި، ބަނގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ތޯރިގު ރަހުމާނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެއާއި ބަނދަގްލަދޭޝްއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރީ 1978ގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!