ކުޑަކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގައި ފިލްމީތަރި ޔުނާން އާއި އޭނާގެ އަނބިމީހާ ހައްޔަރުކޮށްފި

ފިލްމީތަރި، މުހައްމަދު ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ، ކުޑަފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
ޔުނާން ގެ އާއިލާގެ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ތުހުމަތުކޮށް، އިއްޔެ ހަވީރު އެއާއިލާއިން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ.
މިތުހުމަތާއި ގުޅިގެން އިއްޔެ ހަވީރު އާއްމުންގެ ގިނަ ބަޔަކު ވަނީ ޔުނާން އާއި ރިހޫ ދިރިއުޅޭ ގެ ކައިރިއަށް ގޮސް އެދެމީހުން ހައްޔަރު ކުރުމަށް ގޮވާލާފައެވެ. އިއްޔެ، އެސަރަހައްދުން ރިހުލާ އަދި ޔުނާން ވަނީ އަމިއްލައަށް ރައްކާތެރިކަމަށް އެދުމުން ފުލުުހުން ހިމާޔަތް ދީފައެވެ.
ނަމަވެސް މިއަދު އެދެމީހުން ހައްޔަރުކޮށްފައިވާކަން ފުލުހުންވަނީ ކަށަވަރު ކޮށްދެއްވާފައެވެ. މިދެމީހުން ހައްޔަރު ކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ.