ޚަބަރު ދިވެހި ސިނަމާ

ޔުނާންގެ ބަރަހަނާ މަންޒަރުތަކެއް ލީކު ވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އާއިލީ ގުޅުން އޮންނަ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ފިލްމީ ތަރި މުހައްމަދު ޔުނާންގެ ބަރަހަނާ މަންޒަރުތަކެއް ލީކްވެއްޖެއެވެ.

އޮންލައިން ނޫސް "ވަގުތު" އިން ބުނެފައިވާ ގޮތުގައި އެމަންޒަރުތައް ފެނުނު މީހަކު ވަނީ އެއީ ޔުނާންގެ މަންޒަރުތަކެއް ކަމަށް އެނޫހަށް ޔަގީން ކޮށްދީފައެވެ. އޭނާ ބުނާ ގޮތުގައި ޔުނާން އަމިއްލަ އަށް ޖިންސީ އެދުން ފުއްދާތަން، އެމަންޒަރުތަކުން ފެނެއެވެ.

އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ (ރިހޫ) ހައްޔަރު ކޮށްފައި ވަނީ މިމަހުގެ 4 ވަނަ ދުވަހުގައެވެ.

މިމައްސަލައިގެ ޝަރީޢަތް ނިމެންދެން އެދެމީހުން ބަންދު ކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިމަހުގެ 12 ވަނަ ދުވަހުގައެވެ.

މިމަހުގެ 3 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި އެމައްސަލައާއި ގުޅިގެން އޭގެ ޖެހިގެން އައި ދުވަހު، އެމީހުން ހައްޔަރު ކުރުމަށް ގޮވާލާ ބައެއް މީހުން މީހުން ވަނީ ޔުނާން އާއި ރިހޫ ދިރިއުޅޭ ގެ ކައިިރިއަށް އެއްވެފައެވެ. އެކަމުގެ ސަބަބުން ފުލުހުން އެދުވަހު ވަނީ އެދެމީހުންނަށް ރައްކާތެރިކަން ދީފައެވެ.

އެނގިފައިވާ ގޮތުގައި އެތުހުމަތުގައި ޔުނާން އާއި ރިހޫ ހައްޔަރު ކޮށްފައި ވަނީ އެރޭ އެމީހުން އަނބުރާ ގެއަށް ގެންދިޔުމަށް ފަހުގައެވެ.

ޔުނާން ހައްޔަރު ކޮށްފައި ހުރީ މާލޭ ޖަލުގައި ކަމަށާއި، ރިހޫ ހުރީ ދޫނިދޫ ޖަލުގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

Ads by HDC
  1. ޅަތީފް

    ތިކަހަކަލަ މީހުންނަށް ނޫން ތަރިން ކިޔަނީ