ޚަބަރު

ސަރުކާރަށް ލަފާދޭ ކޮމިޓީތަކުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް އޮފީސް--

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު އިތުރުކޮށްފިއެވެ.

Ads by STELCO

ޓޫރިޒަމް ސިނާއަތު ކުރިއެރުވުމަށް "ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ" އާއި އިމާރާތްކުރުމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް "ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ" އަދި މަސްވެރިކަމާއި މެރިކަލްޗަރގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް "ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ"ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އެންމެ ފުރަތަމަ ހުޅުވާލީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އެއީ މި މަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ.

އެހެން ނަމަވެސް ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކޮމިޓީތަކުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ތިންވަނަ ދުވަހާ ހަމައަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

މެމްބަރުކަމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ފޯމު ހުށަހަޅަން ޖެހޭއިރު އެ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން އަދި އެ އޮފީހުގެ ވެބްސައިޓުން ވެސް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30އިން މެންދުރު 12:00އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އީމެއިލް [email protected]މެދުވެރިކޮށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަން ކައުންޓަރުންނެވެ." ރައީސް އޮފީހުން ބުންޏެވެ.

Ads by PNC