ޚަބަރު

އިމާރާތަކުން ވެއްޓި ދަނގަޑަކަށް ހެރިގެންބިދޭސީއަކަށް ފަރުވާދެނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހުޅުމާލެ ފުރަތަމަ ފިޔަވަހި / ފޮޓޯ:އެޗްޑީސީ

ހުޅުމާލޭގެ އިމާރާތަކުން ބިދޭސީއަކު ވެއްޓި، ދަނގަޑެއް ހެރިގެން ފަރުވާ ދޭން ފަށައިފިއެވެ.

Ads by Allied

ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު "ދެން"އަށް ވިދާޅުވީ މިއަދު މެންދުރު ވެއްޓިގެން އެ ހޮސްޕިޓަލަށް ގެނައީ ބަނގުލަދޭޝްއަށް ނިސްބަތްވާ 30އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާގެ ސާޖަރީއެއް މިހާރު އެ ހޮސްޕިޓަލުގައި ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބިދޭސީ މީހާގެ މިހާރުގެ ހާލަތެއް އޭނާ ވިދާޅެއް ނުވެއެވެ.

"ދެން"އަށް އެނގިފައިވާ ގޮތުން ބިދޭސީ މީހާ ވެއްޓުނީ ހުޅުމާލެ ފޭސް ދޭއްގައި ހަދަމުން އަންނަ ރެޑްވޭވް މޯލްގެ އިމާރާތަކުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!